އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
13 ޑްރާމާ އުފައްދައިދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މިކޮމިޝަނުން ކުރިއަށްގެންދާ މީޑިއާ ކެމްޕޭން 2014 ގައި ހިމެނޭ ބިތުފަންގި ޓީވީ 2014 އަށް ބޭނުންވާ 13 (ތޭރަ) ޑްރާމާ އުފައްދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު A/IUL/2014/87-ފ123 (20 އޮކްޓޫބަރު 2014) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

17 މުޙައްރަމް 1436

10 ނޮވެންބަރު 2014
ހޯދާ