މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމްތަކެއް ގަންނަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި މިނިސްޓްރީއަށް ކޮމްޕިއުޓަރ ސިސްޓަމްތަކެއް ގަންނަން ބޭނުންވެގެން 15 އޮކްޓޫބަރު 2014ގައި ކުރެވުނު އިޢުލާން (ނަންބަރު:IUL)13-E/1/2014/8) އަށް އެކަށީގެންވާ ތަރުޙީބު ލިބިވަޑައިގެންފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ނޮވެންބަރު 2014ވާ އާދީއްތަ ދުވަހުގެ 11:00އަށް މި މިނިސްޓްރީގެ އެޑްމިން އެންޑް ހިއުމަން ރިސޯސް ސެކްޝަނަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މި މިނިސްޓްރީގެ އެޑްމިން އެންޑް ހިއުމަން ރިސޯސް ސެކްޝަނަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

12 މުޙައްރަމް 1436

05 ނޮވެންބަރު 2014
ހޯދާ