ފ. ބިލެއްދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ކަޅުހަން ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިމަރުކަޒުގެ ނަންބަރު L3-HC/2014/09ފ(21-10-2014) އިޢުލާނާ ގުޅިގެން މިމަރުކަޒުގެ ކަޅުހަން ބެހެއްޓުމުގެ މަސައްކަތަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާނު ބާޠިލުކޮށްފީމެވެ.

ވީމާ، މިމަރުކަޒުގައި ބޯފެން ރައްކާކުރުމަށްޓަކައި 5000ލީޓަރުގެ ކަޅުހަމަކާއި، 2500ލީޓަރުގެ ކަޅުހަމެއް، ހަންތައް ދިނުމުން މި މަސައްކަތް ކުރުމަށް ދެވޭ މަޢުލޫމާތާ އެއްގޮތަށް އެހަންތައް ބެހެއްޓުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 ނޮވެންބަރު 13 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ނޮވެންބަރު 16 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިފައިގެން މިމަރުކަޒަށް ދުރުވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، ކޮން މަސައްކަތެއްގެ އަންދާސީހިސާބެއްކަން އެނގެން އޮންނަންވާނެއެވެ. އަދި މިވަގުތު ދުރުވާ ބޭފުޅުންގެ ހާޒިރުގައި އަންދާސީހިސާބުތައް ކެނޑުން އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

13 މުޙައްރަމް 1436

06 ނޮވެންބަރު 2014
ހޯދާ