ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
2015 ވަނައަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން 2015 ވަނަ އަހަރު ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށްވަނީ ހަމަޖެހިފައެވެ.

  • ޤާރީކޯސް ސެޓުފިކެޓު ލެވެލް 1
  • ޤާރީކޯސް ސެޓުފިކެޓު ލެވެލް 2
  • ޤާރީކޯސް ސެޓުފިކެޓު ލެވެލް 3
  • ޤާރީކޯސް ސެޓުފިކެޓު ލެވެލް 4
  • ޤުރްއާން މުދައްރިސް އެޑްވާންސް ކޯސް
  • ޤުރްއާން މުދައްރިސް ޑިޕްލޮމާ ކޯސް ( 1 އަހަރު )
  • ޤުރްއާން މުދައްރިސް ޑިޕްލޮމާ ކޯސް ( 2 އަހަރު )

ޤާރީ ކޯސް ސެޓުފިކެޓު ލެވަލް 1

ޝަރުޠު:      

1- ފަށާތަޢުލީމު ހާސިލުކޮށްފައިވުން ( ގްރޭޑް 7 ނިންމާފައިވުން ) ނުވަތަ

2- ކާތިބުކަމުގެ ސަނަދަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

3- ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ދޭ ޓެސްޓާއި އިންޓަރވިއުއިން ފާސްވުން.

މުއްދަތު:  2 މަސް

ޤާރީ ކޯސް ސެޓުފިކެޓު ލެވަލް 2

ޝަރުޠު:      

1- ފަށާތަޢުލީމު ހާސިލުކޮށްފައިވުން ( ގްރޭޑް 7 ނިންމާފައިވުން ) ނުވަތަ

2- ކާތިބުކަމުގެ ސަނަދަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

3- ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ދޭ ޓެސްޓާއި އިންޓަރވިއުއިން ފާސްވުން.

މުއްދަތު:  2 މަސް

ޤާރީ ކޯސް ސެޓުފިކެޓު ލެވަލް 3

ޝަރުޠު: ޤާރީ ކޯސް ސެޓުފިކެޓު ލެވަލް 2 ހަދާފައިވުން.

މުއްދަތު: 30 ހަފްތާ

ޤާރީ ކޯސް ސެޓުފިކެޓު ލެވެލް 4

ޝަރުޠު:                  

1- ޤާރީ ކޯސް ސެޓުފިކެޓު ލެވަލް 3 ހަދާފައިވުން.

2- ޖީސީ އޯލެވެލް / އެސް. އެސް. ސީ އިމްތިޙާނުތަކުން 3 މާއްދާއިން (ދަށްވެގެން "ސީ" ގްރޭޑުން) ފާސްވެފައިވުމާއެކު، ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ދޭ ޓެސްޓާއި އިންޓަރވިއުއިން ފާސްވެފައިވުން.

މުއްދަތު: 1 އަހަރު

ޤުރްއާން މުދައްރިސް އެޑްވާންސް ކޯސް

ޝަރުޠު:                  

1- ޤާރީ ކޯސް ސެޓުފިކެޓު ލެވެލް 3 ހަދާފައިވުން.

2- ޖީސީ އޯލެވެލް / އެސް. އެސް. ސީ އިމްތިޙާނުތަކުން 3 މާއްދާއިން (ދަށްވެގެން "ސީ" ގްރޭޑުން) ފާސް ލިބިފައިވުމާއެކު، ޤުރްއާނާބެހޭ މަރްކަޒުން ދޭ ޤުރްއާނުގެ ޓެސްޓަކުން ފާސްވުން.

3- ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ދޭ އިންޓަރވިއުއިން ފާސްވުން.

މުއްދަތު:  1 އަހަރު

ޤުރްއާން މުދައްރިސް ޑިޕްލޮމާ ކޯސް ( 1 އަހަރު )

ޝަރުޠު:                  

1- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ މަރްކަޒަކުން މަދުވެގެން 2 އަހަރުގެ މުއްދަތަށް ނުވަތަ ދަށްވެގެން ސެޓުފިކެޓު ލެވެލް 4 ގެ ފެންވަރުގައި ޤަބޫލުކުރާ ޤާރީ ކޯހެއް ނުވަތަ ގުޅުންހުރި އެފެންވަރުގެ ކޯހެއް ފުރިހަމަކޮށް ސަނަދު ހާސިލުކޮށްފައިވުން.

2- ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ދޭ ޓެސްޓާއި އިންޓަރވިއުއިން ފާސްވުން.

މުއްދަތު: 1 އަހަރު

ޤުރްއާން މުދައްރިސް ޑިޕްލޮމާ ކޯސް ( 2 އަހަރު )

ޝަރުޠު:                  

1- ޖީސީ އޯލެވެލް / އެސް. އެސް. ސީ އިމްތިޙާނުތަކުން 3 މާއްދާއިން (ދަށްވެގެން "ސީ" ގްރޭޑުން) ފާސް ލިބިފައިވުމާއެކު، ޤުރްއާނާބެހޭ މަރްކަޒުން ދޭ ޤުރްއާނުގެ ޓެސްޓަކުން ފާސްވުން. ނުވަތަ

2- އޯލެވެލް ފެންވަރުގެ 1 މާއްދާއިން ފާސްވެފައިވާ ނުވަތަ މަދުވެގެން 1 އަހަރު ދުވަހުގެ މުއްދަތުގެ ޤާރީ ކޯހެއް ފުރިހަމަކޮށްފައިވާ ޢުމުރުން 21 އަހަރު ފުރިފައިވާ ފަރާތްތަކަށް ޤުރްއާނާބެހޭ މަރްކަޒުން ދޭ ޤުރްއާނުގެ ޓެސްޓަކުން ފާސްވުން.

މުއްދަތު: 2 އަހަރު

ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް 09 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުން ފެށިގެން މިމަރުކަޒުން ދޫކުރަމުން ގެންދާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 11 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީއާއެކު މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

11 މުޙައްރަމް 1436

04 ނޮވެންބަރު 2014
ހޯދާ