ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
'އިންވެސްޓްމަންޓް އެޑްވައިޒަރ ޓްރެއިިނިންގ ޕްރޮގްރާމް 2014' ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ބައިވެރިން: "އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކާބެހޭ ގަވާއިދު" ގެ ދަށުން އިންވެސްޓް ކުރުމަށް ލަަފާދިނުމުގެ ލައިސަންސަށް ޝައުޤުވެރިވާ ފަރާތްތަކާއި ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް.

ތާރީޚު: 16 ން 18 ޑިސެންބަރު 2014 އަށް. (ތިންދުވަހުގެ މުއްދަތަށް)

ކިޔަވައިދޭ ބަސް: އިނގިރޭސި ބަސް

ފުރުޞަތު ދެވޭ ބައިވެރިންގެ އަދަދު: 30 (އެޕްލިކޭޝަން ހުށަހަޅާ ތަރުތީބުން އިސްކަންދޭގޮތަށް)

ފީ: -/1000ރ (އެއްހާސް)

ޝަރުޠު: ދަށްވެގެން އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް ސްޓަޑީޒް ނުވަތަ އިކޮނޮމިކްސްއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.

މި ޓްރެއިނިންގ ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވާނީ އިންވެސްޓްމަންޓް އެޑްވައިޒަރުކަމުގެ ތަޖުރިބާ ލިބިފައިވާ ރާއްޖެއިން ބޭރުގެ ފަރާތްތަކުންނެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން "އެޕްލިކޭޝަން ފޯމު" ފުރުއްވުމަށްފަހު [email protected] އީމެއިލް އެޑްރެހަށް، 11 ޑިސެންބަރު 2014 ވަނަ ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އިންވެސްޓްމަންޓް އެޑްވައިޒަރ ޓްރެއިނިންގ ޕްރޮގްރާމަށް އެދޭ އެޕްލިކޭޝަން ފޯމާއި ޓްރެއިނިންގ ޕްރޮގްރާމުގެ އައުޓްލައިން ތިރީގައި މިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

http://www.cmda.gov.mv/news/investment-adviser-training-program-2014#

އިތުރު މަޢުލޫމާތު:

ކެޕޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ،

4 ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ޓަވަރ/ ބޮޑުތަކުރުފާނު މަގު/ މާލެ، ދިވެހިރާއްޖެ.

ފޯން: 3014103, 3014112 ފެކްސް:333 6624 އީމެއިލް:[email protected] ވެބްސައިޓް:www.cmda.gov.mv

02 ނޮވެންބަރު 2014
ހޯދާ