އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
04 ޕިކަޕް ގަތުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މިއިދާރާއަށް ބްރޭންޑް ނިއު ނުވަތަ ރިފާރބިޝްޑް (500-1000ކިލޯގެ) 04 ޕިކަޕް ގަތުމަށް ބޭނުންވެއެވެ.

މި ތަކެއްޗަށް އަންދާސީހިސާބު ހުށަހަޅަންވާނީ ބްރޭންޑް ނިއު އަދި ރިފާރބިޝްޑް ތަކެތީގެ އަގު އަދި ސްޕެސިފިކޭޝަން ވަކިން އެނގޭގޮތަށެވެ.  

މި އަންދާސީހިސާބުތައް އިވެލުއޭޓް ކުރެވޭ ގޮތުގެ ތަފުސީލު

އަގަށް:    70 ޕޮއިންޓް (އެންމެ އަގުހެޔޮ ފަރާތަށް ގިނަ މާކްސް ލިބޭ އުސޫލުން)

މުއްދަތު:   20 ޕޮއިންޓް (އެންމެ ކުރު މުއްދަތަށް ގިނަ މާކްސް ލިބޭ އުސޫލުން)

ތަޖުރިބާ:   10 ޕޮއިންޓް (މިފަދަ ތަކެތި ސަޕްލައިކޮށްފައިވާނަމަ، މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބެލުމަށްފަހު)

ހުށަހަޅަންވީ ތަކެތި:

މިތަކެތި ވިއްކޭނެ އަގު:

ސަޕްލައިކޮށްދެއްވޭނެ މުއްދަތު:

ޓެކްނިކަލް ސްޕެސިފިކޭޝަން:

ގެނެސްދެވޭ ތަކެއްޗަށް ވޮރެންޓީ އޮތްކަމުގެ ލިޔުން.

ކުންފުނީގެ މަޢުލޫމާތު (ޕްރޮޕައިލް، ރަޖިސްޓްރޭޝަނުގެ ކޮޕީ: ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން) އެހެން ފަރާތްތަކަށް ވިއްކާފައިވާ މިބާވަތުގެ ތަކެތި ވިއްކި ކަމުގެ ލިޔުން، ޖީ.އެސް.ޓީ ކޮޕީ އަދި މާލީ ޤާބިލުކަން އަންގައިދޭ ލިޔުން.

ވީމާ، މިއިދާރާއަށް މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00އަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

11 މުޙައްރަމް 1436

04 ނޮވެންބަރު 2014
ހޯދާ