ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅެވޭ 41 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް 2014 ، 7 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތް 2014

މެޗްތައް ތަރުތީބު ކުރެވިފައިވާ ގޮތާބެހޭ އިޞްލާޙު

މި އެސޯސިއޭޝަންގެ 28 ސެޕްޓެންްބަރު 2014 ގެ އިޢުލާން ނަންބަރު: BAM/IUL/2014/13 ގައި މުބާރާތުގެ މެޗްތައް ކުޅުމަށް ތަރުތީބު ކުރެވިފައިވަނީ އިންޑިވިޖުއަލް 21 ން 25 ނޮވެންބަރު 2014 އަށް ޓީމު އިވެންޓްސް 26 ން 30 ނޮވެންބަރު 2014 އަށް ކަމަށް ލިޔެވި އިޢުލާން ކުރެވިފައިވުމާއެކު، ގިނަ ފަރާތްތަކަކުން މިކަންކުރީ އަހަރެކޭ އެއްގޮތަށް ރާވައިދިނުމަށް ރިކުއެސްޓް ލިބިފައިވާތީ، ބެޑްމިންޓަން އެސޯސިއޭޝަންގެ ޓެކްނިކަލް އޮފިޝަލްސްް ކޮމިޓީއާއެކު 26 އޮކްޓޫބަރު 2014 ގައި ބައްދަލުކޮށް މަޝްވަރާކުރުމަށްފަހު، ތިރީގައިމިވާގޮތަށް މުބާރާތުގެ މެޗްތައް ކުޅުމަށް އަލުން ތަރުތީބު ކުރެވިފައިވާ ވާހަކަ މި ދެމުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވެލައްވާ އެންމެހައި ކުޅުންތެރިންނާއި ކްލަބް/ޖަމްޢިއްޔާ އަދި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މެޗްތައް ތަރުތީބު ކުރެވިފައިވަނީ:

ޓީމު އިވެންޓްސް 21 ން 25 ނޮވެންބަރު 2014 އަށް އިންޑިވިޖުއަލް 26 ން 30 ނޮވެންބަރު 2014 އަށް

28 އޮކްޓޫބަރު 2014
ހޯދާ