ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެމްބިއުލާންސް އޯވަރހޯލްކުރުމާއި މަރާމާތުކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިމަރުކަޒުގައި ބަލިމީހުން އުފުލުމަށް ބޭނުންކުރާ އެމްބިއުލާންސް އޯވަރހޯލްކުރުމާއި މަރާމާތުކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ޞިއްޙީ މަރުކަޒުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • މަޢުލޫމާތު ސާފުކުރުން

    10 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:30 އަށް

  • އަންދާސީހިސާބު ހުށަހެޅުން

    18 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:30 އަށް

އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، މިމަރުކަޒުގެ ނަންބަރު 6520094 ފޯނަށް ރަސްމީގަޑީގައި ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

06 މުޙައްރަމް 1436 

30 އޮކްޓޫބަރު 2014
ހޯދާ