ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމު / މުދިމު

އިޢުލާން

ވަޒީފާގެ ފުރުސަތު

މަޤާމު

އިމާމު/މުދިމު

ބޭނުންވާ އަދަދު

1

މަޤާމް އޮތް އޮފީސް

އދ. އޮމަދޫ ކައުންސިލްގެ އިދާރާ

ސެކްޝަން

އިކޮނޮމިކް ސޯޝިއަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން

އދ. އޮމަދޫ މިސްކިތް (ހުކުރު މިސްކިތް ނުވަތަ ކުޑަމިސްކިތް)

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު

 

1. ކޮންމެ ފަރުޟު ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓްކުރިން މިސްކިތަށްގޮސް މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް، ވަގުތަށް ބަންގި ގޮވައި، އިމާމުވެ ނަމާދުކުރުން.

2. މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، ދަތިވާ ކަންތައްތަކާއި، ރަނގަޅުކުރަންޖެހޭ ކަންތައްތައް ބަލައި، އެކަންކަން ރަށު ކައުންސިލަށް އަންގައިގެން ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި، ސައުންޑް ސިސްޓަމްގެ މައްސަލަތައް ރަށު ކައުންސިލަށް އަންގައިގެން ރަނގަޅުކުރުމަށް މަސައްކަތްކުރުން.

3. ރަމަޟާންމަހު މިސްކިތުގައި އިމާމުވެ ތަރާވީޙްކުރުމާއި، ޣައިބަށް ކުރަންޖެހޭ ކަށުނަމާދު ކުރުމާއި،  ކޭތަނަމާދާއި ޢީދުނަމާދު އިމާމުވެކުރުން.

4. މިސްކިތުގައި ދީނީ ދަރުސް ދިނުންފަދަ ކަމެއް ކުރާނަމަ، ކައުންސިލުން އަންގާ އުސޫލަކުން އެކަމެއް ކުރުން.

5. މިސްކިތުގެ މައްސައްކަތު މީހުންގެ މަސައްކަތް ބަލައި ރިޕޯޓުކުރުން.

މަޤާމް

ރޭންކް

ކްލެފިކޭޝާން

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

މުދިމް

ޖީ.އެސް 1

 

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި،  އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެވޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން. ނުވަތަ،
  • ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން.

3565.00

1500.00

އިމާމް

 

ޖީ.އެސް 3

 

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ އޮފިސަރ ގްރޭޑް 1

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • މުދިމްކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ،
  • ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

4465.00

1500.00

 

 

އިމާމް

 

 

ޖީ.އެސް 4

 

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ އޮފިސަރ ގްރޭޑް 2

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބތުކޮށްދިނުމާއެކު،

  • އިމާމުގެ މަޤާމުގައި ޖީ.އެސް 3 ރޭންކުގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގަބޫލުކުރާ ދީނީ މަރުކަޒަކުން މަތި ޘާނަވީ ސެޓްފިކެޓް ލިބިފައިވުން. ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/5،020

1500.00

އެމް.އެސް 1

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބތުކޮށްދިނުމާއެކު،

  • އިމާމުގެ މަޤާމުގައި ޖީ.އެސް 4 ރޭންކުގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

5610.00

2000.00

އެމް.އެސް 2

 

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބތުކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

6295.00

 

2000.00

 

 

އިސް އިމާމު

 

 

 

އެމް.އެސް 3

 

 

 

 

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ލިބިފައިވުމާއެކު، އިމާމްކަމުގެ މަޤާމުގައި އެމް.އެސް 2 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

7035.00

 

 

 

2000.00

 

 

އެހެނިހެން ޢިނާޔަތްތައް:

ސިވިލް ސަރވިސް ޤަވައިދުގެދަށުން ލިބެންޖެހޭ ޢިނާޔަތްތަކާއި،  މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ އުސޫލެއްގެމަތިން ދޭންޖެހޭ ޢިނާޔަތްތައް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ޝަރުތުހަމަވާ ފަރާތްކާ ކުރެވޭ އިންޓަވިއުއާއި ޢަމަލީ ތަޖުރިބާ.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެކްޓިކަލްސްއާއި އިމްތިޙާންކުރުން އޮންނާނެ ތާރީޚާއި ތަން:

2014 ނޮވެންބަރު 30 ވަނަ ދުވަހު.

ތާރީޚަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، ކުރިމަލީ ފަރާތްތަކަށް އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-  ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، އދ. އޮމަދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

2- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

6- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި:

ސިވިލް ސަރވިސްގެ ވަޒީފާއަށް ކުރިމަތިލުމަށްޓަކައި ފުރަންޖެހޭ ފޯމާއި އެންމެހައި ލިއުންތައް، 2014  ނޮވެންބަރު 17 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން އދ. އޮމަދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

ނޯޓް: އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންދޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވާކަން އެނގޭ ލިޔުން ހުށަހަޅަންޖެހޭ ފަރާތްތަކުގެތެރެއިން އެ ލިޔުން ނެތް ފަރާތްތަކުން އިންޓަވިއުގައި ޢަމަލީބައި ފުރިހަމަކުރުމުގެގޮތުން ޤުރްއާން ކިޔެވުމާއި ނަމަދުކުރަން އެނގޭތޯ ބެލޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ ނަންބަރު: 6680542 ފޯނަށް ނުވަތަ ޒިންމާދާރުވެރިޔާ އިބްރާހީމް ޢާދިލްގެ ނަންބަރު 7992222 ގެ ފޯނަށެެވެ.

                    11 މުޙައްރަމް 1436

04 ނޮވެންބަރު 2014
ހޯދާ