މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
މިއޮތޯރިޓީގެ ބްރާންޗެއް އައްޑޫ ސިޓީގައި ޤާއިމުކުރުމަށް

މި އޮތޯރިޓީގެ ބްރާންޗެއް އައްޑޫ ސިޓީގައި ގާއިމުކުރުމަށްޓަކައި އޮފީސް އޭރީއާ އަދި ގޯތީގެ ބޮޑުމިން 1800 އާއި 3000 އަކަފޫޓާ ދެމެދުގެ ތަނެއް އައްޑޫ ސިޓީ ހިތަދޫއިން ކުއްޔަށްހިފަން ބޭނުންވެއެވެ.

ވީމާ، މިފަދަ ތަނެއް ކުއްޔަށް ދޫކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް 06 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 15:00 އަށް ތިރީގައިވާ ތަންތަނުގެ ތެރެއިން ތަނަކަށް ވަޑައިގެން، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީމަގު (ޓީ-ބިލްޑިންގ، ދެވަނަ ފަންގިފިލާ)

- މީރާ އައްޑޫ ސިޓީ ބްރާންޗް، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ (ދެވަނަ ފަންގިފިލާ)

  1. ކުއްޔަށް ދޫކުރާ އިމާރާތް ހުންނަންވީ ތަން

- އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގެއްގައި (އެއްގަމު އުޅަނދުތަކަށް ފަސޭހައިން ވަދެ/ނުކުމެވޭ ފަދަ ސަރަހައްދެއް ކަމުގައިވުން)

  1. ކުއްޔަށް ހިފަން ބޭނުންވާ އިމާރާތުގައި ހުންނަންޖެހޭ ކަންތައްތައް

- މަގުން، ކުޔަށް ދޭ ތަނަށް ވަދެވޭގޮތަށް ހުރުން

- މީރާގެ ވެހިކަލް (ވޭން/ސައިކަލް) ޕާކުރާނެ ޖާގަ ހުރުން

- ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ތިބެވޭ ފަދަ ވެއިޓިންގ އޭރިއާއެއްގެ ގޮތުގައި ބޭނުންކުރުމަށް މަދުވެގެން 350 އަކަފުޓުގެ ޖާގައެއް އޮފީސް އިމާރާތުގެ ތެރޭގައި އޮތުން

- ވެރިންގެ ކެބިން/މީޓިންގ ރޫމްގެ ގޮތުގައި ބޭނުންކުރެވޭނެ ވަކިވަކި 2 ކޮޓަރި ހުރުން

- އިމާރާތުގައި ބޭނުންކުރުމަށް ވަކި ކަރަންޓާއި ފެން ހުރުން

- އިމާރާތް އެއަރކޮންޑިޝަން ކޮށްފައި ހުރުން

- އިމާރާތުގައި މަދުވެގެން 1 ފާޚާނާ ހުރުން

- ފާޚާނާގެ ފިކްސްޗަރސްތަކުގައި މައްސަލައެއް ނެތުން

- އިމާރާތުގެ ފާރުތަކުގައި ރެނދުލުމާއި، ކުލަފޭބުމާއި، ޓައިލްސްތައް ފެޅުން ފަދަ ކަމެއް ނެތުން

- އިމާރާތަށް ގެންނަން ބޭނުންވާ ބަދަލެއްވާނަމަ އެ ބަދަލެއް ގެނެސް 15 ޑިސެންބަރު 2014 އަށް ބޭނުން ހިފޭ ފެންވަރަށް ތައްޔާރުކުރުން

  1. ކުއްޔަށް ދޫކުރާ އިމާރާތާބެހޭ ތަފުސީލު

- އިމާރާތުގެ ބޮޑުމިން ބަޔާންކުރުން

- އިމާރާތުގެ ކުރެހުން ހުށަހެޅުން

- އިމާރާތުގެ ފުރިހަމަ އެޑްރެސް ބަޔާންކުރުން

- އިމާރާތް ހުރި ސަރަހައްދު ބަޔާންކުރުން

- އިމާރާތުގެ ކުލި ބަޔާންކުރުން (އަކަފޫޓަކަށް ޖެހޭ އަގު އަދި ޖުމުލަ އަގު ވަކިން ހުށަހެޅުން)

- އިމާރާތް ކުއްޔަށް ދެވޭނެ މުއްދަތު ބަޔާންކުރުން

  1. ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތު

- އަންދާސީހިސާބު ހުށަހަޅުއްވާއިރު ގޯތީގެ ރަޖިސްޓަރީގެ ކޮޕީ ނުވަތަ ކުއްޔަށް ދޫކުރާ ފަރާތާއި އިމާރާތާ ހުރި ގުޅުން އެނގޭނެ ފަދަ ލިޔުމެއް ހުށަހަޅަންވާނެއެވެ.

- ކުއްޔަށް ދޫކުރާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

- ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅަންވާނެއެވެ.

- އިމާރާތުގެ ސެކިއުރިޓީ، ސާފުކުރުން އަދި މެއިންޓެނަންސް އިމާރާތުގެ ވެރިފަރާތުން ހަމަޖައްސަވާނަމަ އެކަން ވަކިން އެނގޭގޮތަށް ހުށަހަޅުއްވަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

 ޓެލެފޯން ނަންބަރު : 3339591 އަށް ގުޅުއްވުން އެދެމެވެ.

4 މުޙައްރަމް 1436

28 އޮކްޓޫބަރު 2014
ހޯދާ