މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑިސެންބަރު މަހުގެ ކުރު ޢުމްރާ

2014މ ވަނަ އަހަރު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ޑިސެންބަރު މަހުގެ ކުރު ޢުމްރާއަށް ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ -/32,965 (ތިރީސް ދެހާސް ނުވަސަތޭކަ ފަސްދޮޅަސް ފަހެއް) ދިވެހިރުފިޔާއެވެ. އަދި 2014މ ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ޢުމްރާއަށް ދިއުމަށްޓަކައި ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓަރީވެ، ފައިސާ ދެއްކުމުގެ ފުރުޞަތު 2 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުން ފެށިގެން 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވިފައިވާކަން އަންގައި އިޢުލާން ކުރީމެވެ.

ނޯޓް: ޙައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތް ހުންނަނީ ޓެކްސް އެޕީލް ޓްރައިބިއުނަލް އޮފީހާ އިންވެގެންނެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3011000 އަށެވެ. 

27 އޮކްޓޫބަރު 2014
ހޯދާ