ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސީނިއަރ ޓެކްނީޝަން

މަޤާމު

ސީނިއަރ ޓެކްނީޝަން

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް.އެސް 1

މުސާރަ

މަހަކު: -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު: -/2000 ރުފިޔާ

އިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ

ސެކްޝަން/ޔުނިޓް/ތަން

ސްޓޭންޑާރޑްސް އެންޑް ޓެކްނިކަލް ރެގިއުލޭޝަން / ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް / މާލެ

މަގާމުގެ މަސްއޫލިއްޔަތު

ދިވެހިރާއްޖޭގެ ރޭޑިއޯ ފްރީކުއެންސީ ސްޕެކްޓްރަމް ރާވައި، ހިންގައި ބެލެހެއްޓުމުގެ އެންމެހައި ކަންކަން ކުރުމުގައި ޔުނިޓް ހެޑަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށް

މަޤާމުގެ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

(ނޯޓް: ގުޅޭ ދާއިރާގެ މަސައްކަތް ކަމުގައި ބެލެވޭނީ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ޓެލެކޮމިއުނިކޭޝަން ދާއިރާގެ މޮނިޓަރިންގ އާއި ރެގިއުލޭޓް ކުރުމާ ގުޅޭ މަސައްކަތާއި، ސްޕެކްޓްރަމް ބެލެހެއްޓުމުގެ މަސައްކަތްތަކަށެވެ.)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި މަސައްކަތުގެ ހުނަރަށް ބަލައިގެން

3. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30 އަށްވުރެ މަތިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ލައިސަންސް ދޫކުރެވިގެން ބޭނުންކުރެވޭ އިކުއިޕްމަންޓުތަކުގެ ފްރީކުއެންސީތައް މޮނިޓަރކޮށް ބެލެހެއްޓުމާއި ރާއްޖޭގައި ޤާއިމުކުރާ ރޭޑިއޯ ޓްރާންސްމިޝަން ނެޓްވަރކްތައް ހުންނަނީ މިންގަނޑުތަކާއި އެއްގޮތަށްތޯ އާއި، އިންޓަރފިއަރެންސް ނުއުފައްދާ ގޮތަށްތޯ ބެލުން.
  2. ރޭޑިއޯ ފްރީކުއެންސީތަކަށް ކުރިމަތިވާ އިންޓަރފިއަރެންސް ހުއްޓުވުމަށް މަސައްކަތް ކުރުމާއި، އެފަދަ ކަންކަމާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ތަޙުޤީޤު ކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުން.
  3. ރޭޑިއޯ ފްރީކުއެންސީ އާއި ކޮމިއުނިކޭޝަން އިކުއިޕްމަންޓު ގަވާއިދާ ޚިލާފަށް ބޭނުންކުރާ ފަރާތްތަކާމެދު އޮތޯރިޓީން އަޅަން ނިންމާ ފިޔަވަޅުތައް ތަންފީޒުކުރުމަށް އެހީތެރިވުން.
  4. އޮތޯރިޓީގެ މޮނިޓަރިންގ މަސައްކަތްތަކަށް ބޭނުން ކުރާ އިކުއިޕްމަންޓްސް ބެލެހެއްޓުމާއި، އިކުއިޕްމަންޓުތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރުމާއި ކަނޑައެޅޭ ޝެޑިއުލްއަކާ އެއްގޮތަށް ރާއްޖޭގައި ބޭނުން ކުރެވޭ އެންމެހާ ރޭޑިއޯ ފްރީކުއެންސީ ބޭނުންކުރެވޭ ގޮތް މޮނިޓަރ ކުރުން.

ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ތަތްކޮށްފައި) މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެ އަދި ވެބްސައިޓް www.cam.gov.mv ގެ ސަރވިސަސްއިން ޑައުންލޯޑް ކުރެވޭނެ.
  2. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ސޮއި އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ) ސާފު ކޮޕީއެއް.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)، (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)
  4. ލިބިފައިވާ ލީވިންގ ސެޓުފިކެޓާއި ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ސެޓުފިކެޓުތަކާއި އެހެނިހެން ލިޔުންތަކުގެ ސާފުކޮޕީ (ތަޢުލީމީ ސެޓުފިކެޓުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑު ޖަހާފައި، ޓްރާންސްކްރިޕްޓުގެ ކޮޕީއާއި، ފުރިހަމަ ކުރިކަމުގެ ކޮލެޖްގެ ލިއުމާއެކު).
  5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް ވަޒީފާއެއްގައި އުޅުއްވާނަމަ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަޤާމު، ކްލެސިފިކޭޝަން، މުސާރަ، މަސްއޫލިއްޔަތު އަދި މުއްދަތު އެނގޭނެ ރަސްމީ ލިޔުންތަކުގެ ކޮޕީ.
  6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

ސުންގަޑި

16 ނޮވެންބަރު 2014 އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ޓެލެކޮމް ބިލްޑިންގ، ހުސްނުހީނާމަގު) އަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސް ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ގައެވެ.

އިތުރު މަޢުލޫމާތު

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން ޝޯޓްލިސްޓު ކުރެވޭ 10 ފަރާތަކަށެވެ.

- އިންޓަވިއުއަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި، އިންޓަވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރު ކުރިން ލިޔުމުން އެންގޭނެ އެވެ.

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323344 އެވެ. ފެކްސް: 3320000، މޯބައިލް: 9843344

30 އޮކްޓޫބަރު 2014
ހޯދާ