މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
MCAR-66 މޮޑިއުލް އިމްތިޙާނު ބޭއްވުން

މިއޮތޯރިޓީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ MCAR-66 މޮޑިއުލް އިމްތިޙާނުތައް 2014 ޑިސެންބަރު 8 ން 11 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިމްތިޙާނުތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި އޮތޯރިޓީގެ "CAA Form 19E" ފުރިހަމަކުރެއްވުމަށްފަހު، ބައިވެރިވާން ބޭނުންވާ މޮޑިއުލް އިމްތިޙާނުތަކަށް ދައްކަވަންޖެހޭ ފީއާއި އައިޑެންޓިޓީ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީއާކު ހުށަހެޅުއްވުން އެދެމެވެ. އިމްތިޙާނަށް އެދޭ ފޯމު ބަލައިގަންނާނީ 2014 އޮކްޓޫބަރު 26 ން ފެށިގެން 2014 ނޮވެންބަރު 13 ގެ ނިޔަލަށް، އޮތޯރިޓީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 ން ފެށިގެން 16:00 އަށެވެ. މި އިމްތިޙާނުގެ މޮޑިއުލަކަށް ދައްކަންޖެހޭ ފީއަކީ 150.00 ޔޫ.އެސް ޑޮލަރެވެ.

އޮތޯރިޓީގެ ފަރާތުން އިންތިޒާމުކުރާ މި އިމްތިޙާނުތައް ބާއްވައިދެނީ ސްވިޒަލެންޑުގެ އެސް.އާރު. ޓެކްނިކްސް (SR Technics) އިން، އެފަރާތަށް ލިބިފައިވާ EASA Part-147 އެޕްރޫވަލް CH.147.0009 ގެ ދަށުންނެވެ. އިމްތިޙާނުތަކާބެހޭ އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ވެބްސައިޓް www.caa.gov.mv އިންނާއި 3324988 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

27 އޮކްޓޫބަރު 2014
ހޯދާ