ސިވިލް ކޯޓު
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

އިޢުލާނު

 • މަޤާމު: އެސިސްޓެންޓް ލީގަލް އޮފިސަރ  
 • ރޭންކް: LS2
 • ބޭނުންވާ އަދަދު: 1
 • މަސައްކަތް ކުރަންޖެހޭތަން: ސިވިލްކޯޓު/ މާލެ
 • މުސާރަ: -/9412 (ނުވަހާސް ހަތަރު ސަތޭކަ ބާރަ ރުފިޔާ)
 • ސަރވިސް އެލަވަންސް: -/3000 (ތިންހާސް ރުފިޔާ)
 • ޖުޑީޝަލް އެލަވަންސާއި އިތުރަޑީގެ ފައިސާ: މުސާރައިގެ %55 އަދި ހުއްދަ ލިބިގެންވާ އިތުރުގަޑީގައި ކުރެވޭ މަސައްކަތް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.
 • ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢާ އެންޑް ލޯ ނުވަތަ ލޯއިން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވުން.
 • ވަޒީފާގައި ކުރަންޖެހޭ  މަސައްކަތް: ޝަރީޢަތާ ގުޅުންހުރި މަސައްކަތްތައް.
 • ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ކޮންމެ ދެ އަހަރަކުން އެއް އަހަރު ވަޒީފާއަށް ރަނގަޅުނަމަ މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި

 • ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭފޯމު.
 • ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ސެޓުފިކެޓު ލެވެލް އިން މަތީ ސެޓުފިކެޓުތައް ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ. މިގޮތުން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓެއް ހުށަހަޅާނަމަ ސެޓުފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ.)
 • ވަޒީފާއަށް އެދި ހުށަހަޅާއިރު ފުރިހަމަކުރި ކޯހަކާގުޅިގެން ލިބެންޖެހޭ ތަޢުލީމީ ސެޓުފިކެޓެއް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓާއި އެކޯހަކީ އެމް.ކިއު.އޭ ގަބޫލުކުރާ ކޯހެއް ކަމަށް އެމް.ކިއު.އޭ އިން އެފަރާތަކަށް ދޫކޮށްފައިވާ ލިޔުމަކާއެކު ހުށަހެޅުމުން އެސެޓުފިކެޓަށް މާކުސް ދެވޭނެއެވެ.
 • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
 • އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯ ކޮޕީ.
 • ވަޒީފާ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން. (ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ، ރޭންކް އަދި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެގޮތަށް)
 • ބޮންޑެއް އޮތް ފަރާތެއްކަމުގައި ވާނަމަ ވަޒީފާ އަދާކުރައްވާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.

ސުންގަޑި: މިމަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު 2014 ނޮވެންބަރު 4 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން ސިވިލްކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

 • މި އިޢުލާނާ ގުޅިގެން ހުށަހަޅާ ތަޢުލީމީ ސެޓުފިކެޓުތައް އެކްރެޑިޓްކޮށް އަސްލާ އެއްގޮތް ކަމަށް ލިޔެ ސޮއިކޮށް ތައްގަނޑު ޖަހާފައިނުވާނަމަ، އެފަދަ ސެޓުފިކެޓުތައް ޤަބޫލެއް ނުކުރެވޭނެއެވެ.
 • މިމަޤާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެންމެ މަތިން މާކުސް ލިބިފައިވާ ފަރާތްތަކަށެވެ.
 • ވަޒީފާއަށް އެދޭފޯމު ސިވިލްކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިފޯމު ސިވިލް ކޯޓުގެ ވެބްސައިޓް، www.civilcourt.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

            27 ޛުލްޙިއްޖާ 1435

21 އޮކްޓޫބަރު 2014
ހޯދާ