އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ކޭޓަރިންގ ޚިދުމަތް ހދ.ކުޅުދުއްފުށީގައި ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މިއަހަރުގެ ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ހދ.ކުޅުދުއްފުށީގައި ކަމަށްވުމާއެކު، ތިރީގައި ދެންނެވިފައިވާ ކޭޓަރިންގ ޚިދުމަތް އެރަށުގައި ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ކެޓަގަރީ

ބޭނުންވާ އަދަދު

ޚިދުމަތް

1

 

250

ޑިނަރ (09 ޑިސެންބަރު 2014، 21:00)

500

ރިފްރެޝްމަންޓް (10 ޑިސެންބަރު 2014، 21:00)

150

ހަވީރު ސައި (11 ޑިސެންބަރު 2014، 18:00)

150

ހަވީރު ސައި (09 ޑިސެންބަރު 2014، 16:00)

 

 

 

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ހދ.ކުޅުދުއްފުށީ ކައުންސިލުގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

03 މުޙައްރަމް 1436

27 އޮކްޓޫބަރު 2014
ހޯދާ