މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާރަތްކުރުމުގެ ބޭނުންތަކަށް ކޮނެ ފެންބޭރުކުރުން

ގެދޮރާއި ފްލެޓް، ފިހާރަ ވިޔަފާރި މަރުކަޒްތަކާއި އެފަދަ ތަންތަން އިމާރަތްކުރުމަށްޓަކައި ފެން ބޭރުކުރުމަކީ އާންމުކޮށް މިހާރު ކުރަމުންދާކަމެކެވެ. މިފަދައިން ކުރާއިމާރާތްތައް އެއްކޮށީގައި ނުވަތަ ކައިރިކައިރީގައި ހުރުމުން އެމް ޑަބްލިޔު އެސް ސީގެ ކެޗްޕިޓަށް ފެން ދޫކުރުމުން އެސަރަހައްދުގެ ޖަންކްޝަންތަކުން ފެން ބޭރުނުވެ، ޢާންމު ފާޚާނާ ނިޒާމަށް މަސްއަލަތައް ކުރިމަތިވަމުންދާކަން އެމް ޑަބްލިޔު އެސް ސީ އިން ފާހަގަ ކުރައްވައެވެ.

އެމް ޑަބްލިޔު އެސް ސީގެ ކެޗްޕިޓް މެދުވެރިކޮށް އެކުންފުނީގެ ޖަންކްޝަނުގެތެރެއިން ނޫންގޮތަކަށް ފެން ބޭރުކުރެވޭނީ މޫދަށެވެ. މަގު ކޮނެ ހޮޅި ވަޅުލައިގެން ފެން ދޫކުރުމުގެ ހުއްދަ ދޫކުރަނީ އެސަރަހައްދަކުން ނެގޭ ފެން މޫދަށް ދޫކުރުމާމެދު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ ޕީ އޭ) ގެ ހުއްދަ ހޯއްދެވުމަށްފަހު ހުށަހެޅުއްވުމުން، މާލޭސިޓީގެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނުމަގާއި، އެމަގުން ފެށިގެން އެއްގަމަށް 500 ފޫޓް ރޭޑިއަސްގައިކުރާ އިމާރާތްތައް ކުރުމަށް ފެން ބޭރުކުރަން އެދޭ ފަރާތްތަކަށް އެކަންޏެވެ. މިގޮތަށް ހަމަޖެއްސީ އެމް ޑަބްލިޔު އެސް ސީ ގެ ކެޗްޕިޓް މެދުވެރިކޮށް ފެން ބޭރުކުރުމުގައި ކުރިމަތިވެފައިވާ މަސްއަލައަށް ކޮންމެވެސްވަރެއްގެ ހައްލެއް ގެނައުމުގެ ބޭނުމުގައެވެ.  

ވީމާ، އެކި ބޭނުންތަކަށް އިމާރާތްކުރުމަށް ފެން ބޭރުކުރަން އެދޭ ފަރާތްތަކުން ވަގުތު އޮއްވައި ފެން ބޭރުކުރުމަށް އެދި ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

09 އޮކްޓޫބަރު 2014
ހޯދާ