ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ ލީގަލް އޮފިސަރ

މަޤާމުގެ ނަން:

ސީނިއަރ ލީގަލް އޮފިސަރ

ބޭނުންވާ ޢަދަދު:

1

ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ، ގްރޭޑް S01

އަސާސީ މުސާރަ:

-/7,350 ރ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %35

ޓެކްނިކަލް އެލަވަންސް

އަސާސީ މުސާރައިގެ %35

ޑެއިލީ ސަރވިސް އެލަވަންސް:

ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/275ރ.

ފޯން އެލަވަންސް:

ދައުލަތުގެ އިދާރާތަކަށް ފޯނު އެލަވަންސް ދޭ އުސޫލުން

މަޤާމުގެ މަސްއޫލިއްޔަތު:

ކޮމިޝަނުގެ ޤާނޫނީ މަސައްކަތްކުރުން

މައިގަނޑު މަސައްކަތްތައް:

 1. ކޮމިޝަންގެ  އެންމެހައި ލީގަލް ކަންތައްތައް ހިންގައި ބެލެހެއްޓުން.
 1. އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ޤާނޫނީ ލަފާ ބޭނުންވާ މައްސަލަތައް ދިރާސާކޮށް، ޤާނޫނީ ލަފާ ދީ އެކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
 2. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަޙުޤީޤުކުރުމާއި މައްސަލަތަކާއިގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
 3. ދައުލަތުގެ އެކިއެކި މުއައްސަސާތަކާ ގުޅިގެން ކޮމިޝަނުން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައްކުރުން.
 4. ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް މެންބަރުންނަށް ހުށަހެޅުން.
 5. ކޮމިޝަނަށް ދަޢުވާ ލިބޭ ގޮތަށް ޝަރުޢީ ކޯޓްތަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލް ފަދަ ތަންތަނަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެތަންތަނުގައި ކޮމިޝަން ތަމްސީލު ކުރުމާއި ކޮމިޝަނުގެ ފަރާތުން ވަކާލާތުކުރުން.
 6. އޮފީހުގެ މަސައްކަތާ ގުޅުން ހުންނަ ޤާނޫނުތަކާއި ގަވާއިދުތަކާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުން.
 7. މަޤާމުގެ މަސްއޫލިއްޔަތާގުޅޭ ގޮތުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

 • ޤާނޫނީ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި އުޅެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދިނުން. ނުވަތަ
 • ޤާނޫނީ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި އުޅެ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
 • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓު (އެޓެސްޓް ކޮށްފައިވާ).
 •  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ރެފަރަންސް/ ރެކަމަންޑޭޝަން ލެޓަރ)
 • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައި)
 •  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑި:

 

 • 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ ­އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްރަކްޗަރ ކޮށި (ނަމޫނާ ހައުސިންގ ޔުނިޓް)

އަމީނީމަގު, މާފަންނު، މާލެ 20392، ދިވެހިރާއްޖެ

އިންޓަވިއުކުރުން:

 • މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
 • އިންޓަވިއު އަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި އިންޓަވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރު ކުރިން އެންގޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

މި މަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

 

 • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި ކޮމިޝަނުގެ ނަންބަރު 3010784 އަށް ގުޅުއްވުން އެދެމެވެ.
22 އޮކްޓޫބަރު 2014
ހޯދާ