މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ

މަޤާމު :

މެނޭޖަރ

ބޭނުންވާ އަދަދު :

01

މުސާރަ :

 1. 7259.00 ރުފިޔާ (ހަތްހާސް ދުއިސައްތަ ފަންސާސް ނުވަ ރުފިޔާ)
 2. އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސަރވިސް އެލަވަންސް :

 1. 3510.00 ރުފިޔާ (ތިންހާސް ފައްސަތޭކަ ދިހަ ރުފިޔާ)

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިޕާޓްމަންޓް :

ފައިނޭންސް ޑިޕާޓްމަންޓް

 

މަޤާމުގެ ޝަރުޠު :

 • އެކައުންޓިންގ ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވުމާއެކު، 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ އޭސީސީއޭ އެޑްވާންސް ޑިޕްލޮމާ ލިބިފައިވުމާއެކު، 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން
 • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި ޓީމެއްގެ ގޮތުގައި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން
 • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުންކުރަން އެނގުން
 • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން
 • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން 

ހުށަހަޅަންޖެހޭ ލިޔުންތައް :

 • މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޢުލާން ނަންބަރާއެކު)
 • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

    ވަޒީފާ އަދާކުރައްވާނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާނަމަ އެންމެފަހުން އަދާކުރިވަޒީފާ އެނގޭނެ ރަސްމީލިޔުން

ސުންގަޑި :

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ޕޯސްޓް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު :

މިމަޤާމުތަކަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސް ކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009271 ،3009272 ،3009273 ،3009274

ފެކްސް: 3321559

22 އޮކްޓޫބަރު 2014
ހޯދާ