ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

މި ކޮމިޝަންގެ ފަރާތުން އައްޑޫސިޓީ ހިތަދޫގައި ހުޅުވުމަށް ހަމަޖެހިފައިވާ ސަދަން ރީޖަނަލް އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ސެކިއުރިޓީ ބަލަހައްޓަންޖެހޭނީ ރަސްމީ ބަންދު ދުވަސްތަކުގައި 24 ގަޑިއިރު އަދި ރަސްމީ ދުވަސްތަކުގެ މެންދުރުފަހުގެ 3:00 އިން ފެށިގެން ހެނދުނު 8:00 އަށެވެ.

ވީމާ، ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:30 އަށް މިކޮމިޝަނަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

26 ޛުލްޙިއްޖާ 1435

20 އޮކްޓޫބަރު 2014
ހޯދާ