ފ. ބިލެއްދޫ ޞިއްޙީމަރުކަޒު
ދިވެހިރާއްޖެ
ކަޅުހަން ބަހައްޓައިދޭނެ ފަރާތެއް ހޯދަން

މި މަރުކަޒުގައި ބޯފެން ރައްކާކުރުމަށްޓަކައި 5000ލީޓަރުގެ ކަޅުހަމަކާއި، 2500ލީޓަރުގެ ކަޅުހަމެއް ބަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތަށް ބޭނުންވާ ހަންތައް ދިނުމުން، މި މަސައްކަތް ކުރުމަށް ދެވޭ މަޢުލޫމާތާ އެއްގޮތަށް އެހަންތައް ބެހެއްޓުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 އޮކްޓޫބަރު 28 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ނޮވެންބަރު 05 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިމަރުކަޒަށް ދުރުވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި، ކޮން މަސައްކަތެއްގެ އަންދާސީހިސާބެއްކަން އެނގެން އޮންނަންވާނެއެވެ. އަދި މިވަގުތު ދުރުވާ ބޭފުޅުންގެ ހާޒިރުގައި އަންދާސީހިސާބުތައް ކެނޑުން އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

27 ޛުލްޙިއްޖާ 1435

21 އޮކްޓޫބަރު 2014
ހޯދާ