އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ޕްރޮގްރާމް އޮފިސަރ

މަޤާމު:

ޕްރޮގްރާމް އޮފިސަރ

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ފެންވަރު ނުވަތަ ޝަރުޠު:

  1. ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުގެ "އިނގިރޭސި" މިމާއްދާއިން "ސީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، އަދި؛
  2. ކޮމްޕިޔުޓިންގއަށް ޚާއްޞަކޮށް މައިކްރޯސޮފްޓް ޕަވަރޕޮއިންޓަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.
  3. ވާރކްޝޮޕްތަކާއި ޓްރޭނިންގ ރާވައި ހިންގުމުގެ ހުނަރު ލިބިފައިވާ ފަރާތެއް ކަމުގައިވުން
  4. މުޢާމަލާތު ކުރުމުގެ ހުނަރު ހުރި ފަރާތެއް ކަމުގައިވުން

މައިގަނޑު މަސްއޫލިއްޔަތު:

  1. އޮފީހުން ބާއްވާ ޓްރޭނިންގތަކާއި ވާރކްޝޮޕް އަދި ކޮންފަރެންސްތައް ރާވައި ވިލަރެސްކޮށް އަދި ހިންގުމުގެ އިންތިޒާމު ހަމަޖެއްސުން.
  2. މަސައްކަތާ ގުޅުންހުރި ދާއިރާއިން އަންނަ ފޯނުކޯލުތަކާއި އީމެއިލަށް ޖަވާބުދާރީވުން.
  3. މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތްތައް ކުރުން

މި މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރުކަންތައްތައް

- ކޮމްޕިޔުޓިންގއަށް ޚާއްޞަކޮށް މައިކްރޯސޮފްޓް ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން ހެދުމަށް އަހުލުވެރިވެފައިވާ މިންވަރު.

- މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

- ވަޒީފާގެ ދާއިރާގައި ހާސިލުކޮށްފައިވާ ނަތީޖާތައް

- ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު

- މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު

- ދަތުރު ފަތުރު ކުރެވޭނެ މީހަކު ކަމުގައިވުން

މުސާރައާއި އެލަވަންސް

މުސާރަ: (މަހަކު) -/7000 ރުފިޔާ.

އެލަވަންސް: (މަހަކު) -/3000 ރުފިޔާ

އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށްފައި)

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައި)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- އެންމެ ފަހުން ވަޒީފާ އަދާކޮށްފައިވާ އޮފީސް ނުވަތަ ކުންފުނީގެ ރިފަރެންސް ސިޓީ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

28 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށެވެ.

އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް/ގޯޑައުން ބިލްޑިންގ، ހަނދުވަރީ ހިނގުން، މާފަންނު، މާލެ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010992/ 3010998/ 3010990 ނަންބަރު ފޯނާއެވެ.


ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮފީހުގެ ވެބްސައިޓް www.icom.mv އިން ޑައުންލޯޑުވެސް ކުރެއްވެން ހުންނާނެއެވެ.

28 ޛުލްޙިއްޖާ 1435

23 އޮކްޓޫބަރު 2014
ހޯދާ