މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމު:

މުނިސިޕަލް ސަރވިސް އޮފިސަރ  

ރޭންކް:

އެމް.އެސް 1 (މެނެޖީރިއަލް ސަރވިސް 1)

ކްލެސިފިކޭޝަން:

 ސީނިއަރ އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އިދާރާ:

މާލެއަތޮޅުތުލުސްދޫ ކައުންސިލްގެ އިދާރާ

ޔުނިޓް :

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލެއަތޮޅުތުލުސްދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު 5610.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000.00 ރުފިޔާ

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާޖޭއްގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއްށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު  މަސްއޫލިއްޔަތު:  

  1. އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރިކޯޑު ބެލެހެއްޓުން.
  2. ރަށުގެ ތަފާސްހިސާބު ނަގައި ބެލެހެއްޓުން.
  3. ރަށުގައި ރަށްވެހިވެފައިވާ މީސްމީހުންގެ ރަޖިސްޓަރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  4. ކަރަންޓާއި، ފެނާއި، ފާޚާނާ ނަރުދަމާގެ ނިޒާމުފަދަ ޢާންމު ޚިދުމަތްދީ ބެލެހެއްޓުމުގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  5. އިޖްތިމާޢީ ސަރަޙައްދުތަކާއި މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖައްސުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުމުގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމުގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  6. ޝަރުޢީ ކޯޓުތަކުންކުރާ ޙުކުމްތައް ތަންފީޒު ކުރުމުގައި ޝަރުޢީ ކޯޓުތަކަށާއި ސަރުކާރުގެ އިދާރާތަކަށް އެހީތެރިވެ ދިނުމުގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  7. އުފަން ދުވަހުގެ ސެޓުފިކެޓާއި އުފަންދުވަހުގެ ރަޖިސްޓަރީ ހެދުން.
  8. ރަށުގެ އާބާދީ އެކި ޢުމުރު ދެޖިންސް ވަކިން އަދަދު ބަލައިލެވޭ ގޮތަށް އަޕްޑޭޓުކޮށް ބެލެހެއްޓުން.
  9. މީގެ އިތުރުން ވެސް ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ވެރިން އަންގަވާ ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ މަސައްކަތު ތަޖުރިބާ
  3. މަސައްކަތު ހުނަރާއި ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކުރުން   

އިންޓަވިއު ކުރުން

  • އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

ހުށަހަޅަންޖެހޭ  ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު. (އެޕްލިކޭޝަން ފޯމު މިއިދާރާގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ ބޮންޑެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ .
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ 
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  6. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާއަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑި

27 އޮކްޓޫބަރު 2014 ވާހޯމަ ދުވަހުގެ 14:00ގެ ނިޔަލަށް

އުޖޫރައާއި ޢިނާޔަތްތައް

ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ނޯޓް: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6640183 ފޯނާއެވެ. ފެކްސް އާއި އީމެއިލުން ފޮނުވާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ. މި އިޢުލާނަކީ 20 މޭ 2014 މ. މި އިދާރާގެ ނަންބަރު: (IUL)333/333/2014/34 އިޢުލާނާ ގުޅިގެން މަޤާމުގެ ޝަރުޠު ހަމަވާ ފަރާތެއް ނުލިބުމުން އެ އިޢުލާން ބާޠިލުކޮށް ދެވަނަ ފަހަރަށް ކޮށްފައިވާ އިޢުލާނެކެވެ.   

12 އޮކްޓޫބަރު 2014
ހޯދާ