ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ލެކްޗަރަރ

މަޤާމު:

ސީނިއަރ ލެކްޗަރަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު15,246.00 ރ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު6,534.00 ރ

އޮފީސް:

ފެކަލްޓީ އޮފް އާޓްސް

ދާއިރާ:

ސައިކޮލޮޖީ

ރޭންކް:

3

މަގާމްގެ ޝަރުތު:

 

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް މަޤާމްގެ މަސައްކަތާގުޅޭ ދާއިރާއަކުން  ހާސިލުކޮށްފައިވުން. ނުވަތަ މިއާ އެއްފެންވަރުގެ ތަޢުލީމާއި ތަޖްރިބާ މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން  ހާސިލުކޮށްފައިވުން. ނުވަތަ
  • މަޤާމްގެ މަސައްކަތާގުޅޭ ދާއިރާއަކުން ލެކްޗަރަރގެ މަޤާމުގައި 6 އަހަރު ދުވަސް ހޭދަކޮށްފައިވުން.

ސީނިއަރ ލެކްޗަރަރގެ މަޤަމަށް މީހަކު ނުލިބިއްޖެނަމަ، ލެކްޗަރަރގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

ލެކްޗަރަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 12,687.50 ރ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 5,437.50ރ

އޮފީސް:

ފެކަލްޓީ އޮފް އާރޓްސް

ދާއިރާ:

ސައިކޮލޮޖީ

ރޭންކް:

2

މަގާމްގެ ޝަރުތު:

 

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސަނަދަތަކުގެ އޮނިގަނޑު ލެވެލް 7ގެ ސަނަދަކާއި ލެވެލް 9 ގެ ސަނަދެއް މަޤާމްގެ މަސައްކަތާގުޅޭ ދާއިރާއަކުން ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމްގެ މަސައްކަތާގުޅޭ ދާއިރާއަކުން 10 އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް މަޤާމްގެ މަސައްކަތާގުޅޭ ދާއިރާއަކުން ހާސިލުކޮށްފައިވުން.

ލެކްޗަރަރގެ މަޤަމަށް މީހަކު ނުލިބިއްޖެނަމަ، އެސޯސިއޭޓް ލެކްޗަރަރގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެސޯސިއޭޓް ލެކްޗަރަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 11,374.40 ރ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު4,874.74 ރ

އޮފީސް:

ފެކަލްޓީ އޮފް އާރޓްސް

ދާއިރާ

ސައިކޮލޮޖީ

ރޭންކް:

1

މަގާމްގެ ޝަރުތު:

 

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް މަޤާމްގެ މަސައްކަތާގުޅޭ ދާއިރާއަކުންލިބިފައިވުން. ނުވަތަ،
  • މަޤާމްގެ މަސައްކަތާގުޅޭ ދާއިރާއަކުން ލެވެލް 7 ގެ ސަނަދެއްނެތި މޯލްޑިވްސްކޮލިފިކޭޝަން އޮތޯރިޓީގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް މަޤާމްގެ މަސައްކަތާގުޅޭ ދާއިރާއަކުން ލިބިފައިވުމާއެކު، މަޤާމްގެ މަސައްކަތާގުޅޭ ދާއިރާއަކުން 8  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމްގެ މަސައްކަތާގުޅޭ ދާއިރާއަކުންސީނިއަރ ޓިއުޓަރ/ ޕްރިންސިޕަލް އިންސްޓްރަކްޓަރގެ މަޤާމުގައި 6 އަހަރު ހޭދަކޮށްފައިވުން.

މަސްއޫލިއްޔަތު:

  • ޓޭބަލްކުރެވޭ ގަޑިއާއި ބަދަލުގައި ނަގަންޖެހޭ ގަޑިތަކަށް ކިލާސްތަކުގައި ކިޔަވައިދިނުން. ޓިއުޓޯރިއަލްއާއި ޢަމަލީ ކްލާސްތަކާއި ޑެމޮންސްޓްރޭޝަން ތަކާއި ވާރކްޝޮޕްތަކާއި ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި ކްލިނިކަލް ސެޝަންތައް ހިންގުން.
  • ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރާ އެއްގޮތަށް ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ ކޯސް ނިމުނު ގޮތުގެ މަޢުލޫމާތު މެނޭޖްމަންޓަށް ދިނުން. އެސައިންމަންޓާއި އިމްތިހާން ކަރުދާސްތައް ހަދައި މާކްސްތައް ތައްޔާރުކުރުން. ކޮންމެ ދަރިވަރެއްގެ ޕްރޮގްރެސް އާއި ޕަރފޯމަންސް މޮނިޓަރކޮށް މެނޭޖްމަންޓަށް މަޢުލޫމާތު ދިނުން.
  • ކިޔަވައިދިނުމާއި ފިލާވަޅު ތައްޔާރު ކުރުމުގައި ރަސްމީގަޑީގެ ވަގުތު އެކަމަށް ހޭދަކުރުމާއި ތިރީގައިވާ މައިގަނޑު ކަންތައްތައް ކުރުން.

(ހ) އާ މުޤައްރަރުތައް ފަރުމާކުރުމާއި ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙް ކުރުން.

(ށ) ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން ދަރިވަރުން ހުށަހަޅާ ކަންތައްތަކަށް ޖަވާބުދާރީވުން.

(ނ) މާއްދާތަކުގެ އިމްތިހާން ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިމްތިޙާނު ދިނުމާއި ޕޭޕަރުތައް ކަނޑައެޅިފައިވާ މުއްދަތުގައި ސާފުކޮށް ނިންމުން.

 (ރ) ކިޔަވައިދޭ މާއްދާތައް ކިޔަވައިދެވޭ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި އެކަމަށް މަސައްކަތް ކުރުން.

(ބ) ފަންނީ މުވައްޒަފުންގެ ބައްދަލުވުން ތަކުގައާއި މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ ޙަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީ ކުރުމަށް މެނޭޖްމަންޓްއަށް އެހީތެރިވެދިނުން.

(ޅ) ފެކަލްޓީގެ ކަންތައްތައް ރަނގަޅުކުރުމަށް ހިންގާ ކަންކަމުގައި އެއްބާރުލައި އަމިއްލަގޮތުންވެސް މަސައްކަތް ކުރުން.

  • ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން އެކުވެރިކަމާއެކު މަސައްކަތަށް ފަސްނުޖެހޭ ޕްރޮފެޝަނަލް ރޫހެއްގައި   މަސައްކަތްކުރުން
  • އަމިއްލަގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާއި ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޝާއިރުކުރުމަށް މަސައްކަތް ކުރުން.
  • ކޯސް ކޯޑިނޭޓް ކުރުމާއި މާއްދާ ކޯޑިނޭޓްކުރުން. ފެކަލްޓީ އަދި ޑިޕާޓްމަންޓްގެ ބައްދަލުވުން ތަކުގައި ބައިވެރިވުމާ ކޮމިޓީ ތަކުގައި ބައިވެރިވުން.
  • މިނޫންވެސް މަޤާމާއި ގުޅޭގޮތުން ފެކަލްޓީއިން ޙަވާލުކުރެވޭ ކަންތައްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީ ގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާންގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއި އެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާންގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލް ވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަރވިޔުކޮށް ނިމުމަށްފަހުގައެވެ.
  • ޓާރޝިއަރީ ލެވެލްގައި މި ދާއިރާގެ މާއްދާތައް ކިޔަވައިދީފައިވާ ފަރާތްތަކަށް ނުވަތަ ސައިކޮލޮޖީ ދާއިރާގައި  މަސައްކަތްކުރައްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ސިޓީ ފޮނުވަންވީ ތާރީޙް:   

23 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށްބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސްނޯޓިހެއް ދިނުމަކާނުލައި، އުވާލާ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެއިޚުތިޔާރު ޔުނިވަރސިޓީ އަށްލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަމްބަރު ފޯނާއެވެ.
16 އޮކްޓޫބަރު 2014
ހޯދާ