ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް އެއަރޕޯޓް ފަޔަފައިޓަރ

މަޤާމު

އެސިސްޓެންޓް އެއަރޕޯޓް ފަޔަފައިޓަރ

ބޭނުންވާ އަދަދު

04

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް.3

މުސާރަ

މަހަކު -/4,465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1,500 ރުފިޔާ

އިނާޔަތްތައް

ކުންފުނީގެ ގަވާއިދުގައި މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އެލަވަންސްތަކާއި ޢިނާޔަތްތައް ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

ކައްދޫ އެއަރޕޯޓްގެ ފަޔަރސްޓޭޝަން، ކައްދޫ އެއަރޕޯޓް/ކައްދޫ އެއަރޕޯޓް.

މަޤާމުގެ މަސްއޫލިއްޔަތު

ކައްދޫ އެއަރޕޯޓްގެ ފަޔަރސްޓޭޝަންގައި މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠު

  1. އައި.ކާ.އޯ ޤަބޫލުކުރާ އިންސިޓިއުޓަކުން ބޭސިކް ފަޔަފައިޓަރ ކޯސް ފުރިހަމަކޮށް ފާސްވެފައިވުމާއި، ބޭސިކް ފަސްޓްއެއިޑް ކޯހުން ފާސްވެފައިވުމާއި، މުއްދަތުހަމަނުވާ މެޑިކަލް ސެޓުފިކެޓު އޮތުން. އަދި ޢުމުރުން 18 އަހަރާއި 28 އަހަރާ ދެމެދުގެ މީހެއްކަމުގައި ވުމާއެކު، މި މަޤާމަށް ބޭނުންވާ މެޑިކަލްޓެސްޓް އިންފާސްވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން އިނގިރޭސި އަދި ހިސާބު މި ދެ މާއްދާއިން ދަށްވެގެން "ޑީ"ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑު ލިބިފައިވުން. އަދި ޢުމުރުން 18 އަހަރާއި 28 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުމާއެކު، މި މަޤާމަށް ބޭނުންވާމެޑި ކަލްޓެސްޓް އިންފާސްވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

4. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ އިންސައްތަ %30 އަށްވުރެ މަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އެއަކްރާފްޓް ރެސްކިއު ފަޔަރފައިޓިންގ އާ ގުޅޭގޮތުން އެ ވަގުތަކު ޑިއުޓީގައި ހުންނަވާ އޮފިސަރަކު އަންގަވާ ގޮތަކަށް މަސައްކަތް ކުރުން.
  2. އެއަރޕޯޓުގެ ވަށައިގެންވާ ސަރަޙައްދުގައި ވައިގެ ދަތުރުފަތުރާއި ގުޅިގެން ހިނގައިފާނެ އަލިފާނުގެ ހާދިސާއަކަށް އަބަދުވެސް ތައްޔާރުވެ ތިބުމާއި އަދި މަތީގައި ބުނެވިދިޔަ ހާދިސާތަކުގައި، ސުޕަވައިޒަރުގެ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރުން.
  3. ރެސްކިއު އެންޑް ފަޔަރފައިޓިންގއާ ގުޅޭގޮތުން، މަސައްކަތްތަކަށް ފަޔަމަނުން ހާނުވާފައި ބޭތިއްބުމަށްޓަކައި ދެވޭ ޓްރެއިނިންގ (ކޮންޓިނުއޭޝަން ޓްރެއިނިންގ) ޕްރޮގުރާމުގެ ދަށުންދެވޭ ހުރިހާ ޓްރެއިނިންގ އެއަގައި ބައިވެރިވުން.
  4. މަތީގައި ބުނެވިދިޔަ ހާދިސާތަކާ ގުޅިގެން ބޭނުންކުރަންޖެހޭ ރެސްކިއު އެންޑް ފަޔަރފައިޓިންގ އިކުއިޕްމަންޓުތައް ހުރީ ތައްޔާރީ ޙާލަތުގައިތޯ ބަލައި ދުވަހުން ދުވަހަށް ޗެކުކޮށް ބެލެހެއްޓުން.
  5. ޕްރޮފެޝަނަލް މިންގަޑުތައް ހިފެހެއްޓުމާއި މަސައްކަތަށް ބޭނުންވާ ހުރަނު އިތުރުކުރުމަށްޓަކައި މަސައްކަތް ކުރުމާއި، ޓެކްނިކަލް މަޢުލޫމާތު މުއްސަނދި ކުރުމަށް އަބަދުވެސް މަސައްކަތް ކުރުން.
  6. ރޭވިފައި އޮންނަ ޔުނިޓު ތާވަލާއި، އިސްކޮށް ހުންނަ އޮފިސަރ ގެ އިރުޝާދާ އެއްގޮތަށް ރެސްކިއު އެންޑް ފަޔަރފައިޓިންގ ވެހިކަލް، އިކުއިޕްމެންޓްސް ދުވަހުން ދުވަހަށް، ހަފްތާއިން ހަފްތާއަށް އަދި މަހުންމަހަށް ޗެކުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓުގެ ކައުންޓަރުން ނުވަތަކައްދޫ އެއަރޕޯޓް އޮފީހުން ލިބެންހުންނާނެއެވެ.)
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަޢުލީމީ ސެޓުފިކެޓުތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ފެންވަރުބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ).

ސުންގަޑި

26 އޮކްޓޫބަރު 2014 ވާ އާދިއްތަ ދުވަހުގެ 15:00 އަށް.

އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް މަސްދުވަސް ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ކައްދޫ އެއަރޕޯޓް އޮފީސް، ލ.ކައްދޫ ގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776 އެވެ. ފެކްސް ނަންބަރަކީ 3320911 އެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހަޅުއްވާނީ، ކައްދޫ އެއަރޕޯޓް އޮފީސް/ލ.ކައްދޫ އަށެވެ.

ނޯޓް: މި ވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓު ކުރެވޭނެއެވެ. އަދި މި މަޤާމަށް ޝަރުޠު ފުރިހަމަވާ މީހުން އެކަށީގެންވާ އަދަދަށް ނުލިބިއްޖެނަމަ، މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެ ފެންވަރު ހުރިތޯ ބެލުމަށްޓަކައި ދެވޭ ޓެސްޓުން ފާސްވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ފާސްވާ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

13 އޮކްޓޫބަރު 2014
ހޯދާ