ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ސޭފްޓީ އޮފިސަރ

މަޤާމު

ސޭފްޓީ އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް.3

މުސާރަ

މަހަކު  -/4,465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު  -/1,500 ރުފިޔާ

އިނާޔަތްތައް

ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

ހަނިމާދޫ އެއަރޕޯޓް އޮފީސް / ހދ.ހަނިމާދޫ

މަޤާމުގެ މަސްއޫލިއްޔަތު

ހަނިމާދު އިންޓަރނޭޝަލް އެއަރޕޯޓުގެ އެއަރޕޯޓް ސޭފްޓީގެ ކަންކަން އައިކާއޯ އާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަޑަށް ފެއްތުން.

މަގާމުގެ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން (އިނގިރޭސި ހިމެނޭ ގޮތަށް) ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން.

4. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ އިންސައްތަ %30 އަށްވުރެ މަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އެއަރޕޯޓުގެ ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް (SMS) މެނުއަލް ތައްޔާރުކޮށް އަޕްޑޭޓުކުރުމާއި، އެއަރޕޯޓުގައި ހިންގަންޖެހޭ އިމަޖެންސީ އެކްސަރސައިޒްތައް ކަނޑައެޅިފައި އޮންނަ ޝެޑިއުލާއި އެއްގޮތަށް ރާވައި ހިންގުމަށް ވާންޖެހޭ ތައްޔާރީތަކާއި އިންތިޒާމުތައް މެނޭޖަރުގެ އިރުޝާދާއެކު ކުރުން.
  2. ސޭފްޓީ މެނޭޖްމަންޓް ސިސްޓަމާއި އެއަރޕޯޓް އިމަޖެންސީ އާ ބެހޭގޮތުން ޓްރެއިނިންގ ޕްރޮގުރާމުތައް ޑިވެލޮޕްކޮށް ތައްޔާރުކުރުމާއި، އެއަރޕޯޓުގެ އެހެންދާއިރާތަކުގެ އެސް.އޯ.ޕީ ތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމާއި، އެއަރޕޯޓުގެ މުވައްޒަފުންނާއި، އެލައިންތަކާއި، ސާރވިސް ކޮމްޕެނީތަކާއި، އެއަރޯނޮޓިކަލް އަދި ގުޅުންހުރި ނޮން-އެއަރޯނޮޓިކަލް ފަރާތްތައް ހޭލުންތެރިކުރުވުމުގެ ގޮތުން SMS އާއި އެއަރޕޯޓް އިމަރޖެންސީ ޕްލޭނާއި ބެހޭގޮތުން ޓްރެއިނިންގ ސެޝަންތައް ހިންގުން.
  3. އެއަރޕޯޓުގެ އެއަރފީލްޑް ފެސިލިޓީސް، ރަންވޭ، ޓެކްސީވޭ، ސެފްޓީ އޭރިއާސް، ޕޭވްކޮށްފައިވާ އެރިއާ، ޕޭވްނުކޮށްވާ ސާރފަސެސް، ލައިޓިންގ، ސައިނޭޖާއި މާރކިންގ، ސެކިއުރިޓީ އަދި ސެފްޓީ އާއި ގުޅުންހުރި އެސެޓް (ފެންސް، ގޭޓްތައް، ނެވިގޭޝަނަލް އެއިޑްތައް ފަދަ)، އެއަރޯނޮޓިކަލް ފެސިލިޓީސްތައް ހުރީ ސޭފްޓީ އާއި ސެކިއުރިޓީ ގެ ގަވާއިދުތަކާއި މިންގަޑުތަކަށް ފެތޭ ގޮތަށްތޯ ބަލައި ކަށަވަރުކުރުން. އަދި އެއަރޕޯޓްގެ ވައިލްޑް ލައިފް ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  4. ސޭފްޓީ އާއި ސެކިއުރިޓީއާއި ގުޅިގެންދިމާވާ އިންސިޑެންޓް، އެކްސިޑެންޓުތައް އިންވެސްޓިގޭޓް ކޮށް ރިޕޯޓު ތައްޔާރު ކުރުމާއި ކުރިއަށް އޮތްތަނުގައި ހިނގާފާނެ ހާދިސާއަކުން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި މެނޭޖަރަށް ލަފާއެރުވުމާއި، ގަވާއިދާއި ޕޮލިސީ އަދި ޕްރޮސީޖަރ ތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި މެނޭޖަރަށް އެހީތެރިވެދިނުން. އެއަރޕޯޓަށް ވަޑައިގަންނަވާ ވީ.އައި.ޕީ ފަރާތަށް އެސްކޯޓް ކުރުމާއި އެ ފަރާތްތަކަށް އެއަރޕޯޓުން ދެވޭ ޚިދުމަތް ދިނުމުގެ އިންތިޒާމް ހަމަޖެއްސުން.
  5. އެއަރޕޯޓުގެ އޮޕަރޭޝަނަލް ކަންޑިޝަންސް އާއި ގުޅިގެން އިޝޫކުރަންޖެހޭ ނޮޓޭމް އިޝޫ ކުރުމާއި ސޭފްޓީ ރެގިއުލޭޝަންތައް ތަންފީޒު ކުރުމަށް މަސައްކަތް ކުރުން. އަދި އެއަރސައިޑް ވެހިކަލްތަކާއި މީހުންގެ ޙަރަކާތްތަކާއި އެއަރފީލްޑް އިކުއިޕްމެންޓްސް މޮނިޓަރ ކުރުމާއި އޮޕަރޭޝަނަލް އެފިޝެންސީ ކަށަވަރުކުރުން.
  6. ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމާއި މަސައްކަތަށް ބޭނުންވާ ހުރަނު އިތުރުކުރުމަށްޓަކައި މަސައްކަތް ކުރުމާއި، ޓެކްނިކަލް މަޢުލޫމާތު މުއްސަނދި ކުރުމަށް އަބަދުވެސް މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ނުވަތަ ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv/2012/01/2449 އިން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ).

ސުންގަޑި

26 އޮކްޓޫބަރު 2014 ވާ އާދިއްތަ ދުވަހުގެ 15:00 އަށް.

އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް މަސްދުވަސް ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ހަނިމާދޫ އެއަރޕޯޓް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776 އެވެ. ފެކްސް ނަންބަރަކީ 3320911 އެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހަޅުއްވާނީ ހަނިމާދޫ އެއަރޕޯޓް އޮފީސް / ހދ.ހަނިމާދޫ އަށެވެ. ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ނޯޓް: މި ވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓު ކުރެވޭނެއެވެ.

12 އޮކްޓޫބަރު 2014
ހޯދާ