ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން

އިޢްލާން

 

ވަޒީފާގެ ފުރުސަތު

ނަންބަރު:

J3MC/2014/09

ތާރީޚު:

16 އޮކްޓޫބަރު 2014 ބުރާސްފަތި

މަޤާމު:

އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން

ރޭންކް:

ޖީ. އެސް 4

އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން:

ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ:

5020.00 ރުފިޔާ ( ފަސްހާސް ވިހިރުފިޔާ)

މި މަޤާމަށް ލިބޭ އެލަވަންސް:

  • ސަރވިސް އެލަވަންސް: 1500.00 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ)
  • ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %20 
  • ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ
 އަސާސީ ޝަރުޠު:

1- މަޤާމުގެމަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަތީ ޘާނަވީ އިމްތިޙާނަކުން    3 މާއްދާއިން ދަށްވެގެން " ސީ " ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި " ދިވެހި "     މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުމާއެކު، GS 3 ރޭންކުގައި މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2- މަޤާމަށް ބޭނުންވާ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް ހާސިލުކޮށްފައިވުން.  ނުވަތަ،

3- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، GS 3 ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • މި އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ކޮމްޕިއުޓަރުތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  • މި އަތޮޅުގެ މެޖިސްޓްރޭޓްކޯޓުތަކުގެ ނެޓްވޯކް މަރާމާތުކޮށް ބެލެހެއްޓުމާބެހޭ އެންމެހައި ކަންކަން ކުރުން.
  • ކޯޓުތަކުގެ މެޝިނަރީތަކަށް ދިމާވާ މައްސަލަތައް ބަލައި، އެތަކެތި މަރާމާތުކުރުމާބެހޭ މަސައްކަތްކުރުން.
  • ކޯޓުތަކުން ކުރާ މަސައްކަތްތަކާ ގުޅިގެން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކުރަންޖެހޭ އެންމެހައި ކަންކަންކުރުން.
  • މީގެ އިތުރުން، އެވަގުތަކު ދާއިރާ ހިންގަވަން ހުންނެވި ވެރިއަކު އަންގަވާ ރަސްމީ މަސައްކަތްކުރުން.
 

ހުށަހަޅަންޖެހޭ ތަކެތި:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ)
  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.
  • ވަނަވަރު (ސީ.ވީ)
 ސުންގަޑި:
  • 2014 އޮކްޓޫބަރު 23 ވާ ބުރާސްފަތި ދުވަހުގެ 14:00

އެހެނިހެން މަޢުލޫމާތު:

މި އިޢުލާނަކީ، މި މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު މި ކޯޓުގެ ނަންބަރު: J3MC/2014/08  (30 (ސެޕްޓެންބަރު 30، 2014 ) އިޢްލާނު އެ މުއްދަތުގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައިނުވާތީ، އެ އިޢްލާނު ބާޠިލުކޮށް، އެކަމަށް އެދޭ ފަރާތެއް ހޯދުމަށް އަލުން ކުރެވުނު އިޢުލާނެކެވެ.

މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް، މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ  ވެބްސައިޓް www.judiciary.gov.mv ން ޑައުންލޯޑްކުރެވޭނެއެވެ.

16 އޮކްޓޫބަރު 2014
ހޯދާ