މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ފައިނޭންސިއަލް އޮފިސަރ (އެފް.އޯ)

ސެނިޓޭޝަން ޕްރޮޖެކްޓް އިން ފައިވް އައިލެންޑްސް

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ފައިނޭންސިއަލް އޮފިސަރ (އެފް.އޯ)

 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން (އެމް.އީ.އީ) އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ 'ސެނިޓޭޝަން ޕްރޮޖެކްޓް އިން ފައިވް އައިލެންޑްސް' މަޝްރޫޢުގެ ފައިނޭންސް މެނޭޖްކުރާނެ ފައިނޭންސިއަލް އޮފިސަރެއް ހޯދުމަށް ބޭނުންވެއެވެ.

 

ފައިނޭންސް އޮފިސަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓުގެ ފައިނޭންސް އަދި އެކައުންޓިން ސިސްޓަމްގެ މަސައްކަތްތައް ބޭންކް އިރުޝާދުނާމާ އާ އެއްގޮތަށް ޕްރޮޖެކްޓުގެ ފައިނޭންޝިއަލް ރިކޯޑިންގ ބެލެހެއްޓުމާއި ކަނޑައެޅޭ ފަރާތްތަކަށް ރިޕޯޓު ކުރުން ހިމެނެއެވެ.

 

ފައިނޭންސް އޮފިސަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

ހ) މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާންޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދު ހާސިލު ކޮށްފައިވުން.

ށ) މަދުވެގެން 05 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއެކު، 02 އަހަރު ދުވަހު ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކުގެ އެހީގައި ހިންގޭ ޕްރޮޖެކްޓެއްގެ އެކައުންސް މަސައްކަތް ކޮށްފައިވުން. އަދި މިފަދަ ޕްރޮޖެކްޓުތަކުގައި އަދާކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި މެނޭޖްމަންޓާއި ސުޕަވިޝަން ހިމެނިފައިވުން.

ނ) ޕްރޮކިއުމަންޓުގެ އުޞޫލުތައް އެނގުމާއި، ބޭރުގެ އޭޖެންސީތަކާއި ދައުލަތުގެ ޕްރޮކިއޮމަންޓުގެ ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުމަކީ އެދެވިގެންވާ ކަމެކެވެ.

ރ) ފައިނޭންޝިއަލް މެނޭޖްމަންޓުގެ ސޮފްޓްވެއަރތަކަށް އަހުލުވެރިވެފައި ވުމަކީ އެދެވިގެންވާ ކަމެކެވެ.

- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ މީހަކުކަމުގައި ވުމާއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތް ކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލު ކުރެވޭނެ މީހަކުކަމުގައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން؛  

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުން.

މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ އަށް ބިނާކޮށް 25,000 ރުފިޔާ އާއި 30,000 ރުފިޔާއާ ދެމެދުގެ އުޖޫރައެއް ދެވޭނެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރެއްވުން އެދެމެވެ.

 

ޝައުޤުވެރިވާ ފަރާތްތަކުން 2014 އޮކްޓޫބަރު 30 ވަނަދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ޕްރޮޖެކްޓް މެނޭޖަރ

ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާރޓްމަންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފެކްސް: 301-3018-960+

އީމެއިލް: [email protected]

       

16 އޮކްޓޫބަރު 2014
ހޯދާ