ސެންޓަރ ފޮރ އޯޕަން ލާރނިންގ
ދިވެހިރާއްޖެ
ސްޓަޑީގައިޑް ލިޔުމަށް

ސްޓަޑީގައިޑް ލިޔުމަށް ބޭނުންވެއްޖެ

މި ސެންޓަރުން ހިންގާ މާސްޓަރސް އޮފް އާރޓްސް އިން ސޯޝަލް ޕޮލިސީ ކޯހުގެ ތިރީގައި މިދަންނަވާ މާއްދާގެ ސްޓަޑީގައިޑް ދިވެހިބަހުން ލިޔުމަށް ކުރެވުނު ނަންބަރު IUL)COL/1/2014/38)ފ(30 ސެޕްޓެންބަރު 2014) އިޢުލާނަށް އެކަށީގެންވާ މިންވަރަށް އިޖާބަދީފައިނުވާތީ އެ އިޢުލާން ބާޠިލު ކުރުމަށްފަހު، އަލުން އެމަސައްކަތަށް އިޢުލާންކުރަމެވެ. ވީމާ، މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 20 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި ސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 21 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިސެންޓަރަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދަވާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. ލިޔަން ބޭނުންވާ މާއްދާއަކީ:

  • ޝަރީޢާ އެންޑް ޕޮލިސީ މޭކިންގ

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ އޮފީސް ގަޑީގައި 3345187 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

18 ޛުލްޙިއްޖާ 1435

12 އޮކްޓޫބަރު 2014
ހޯދާ