މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
ފަސްޓްފްލޯރއާއި ސެކަންޑްފްލޯރއާއި، ތާރޑްފްލޯރގެ ޝީޓުތަކުގެ ކޮންކްރީޓްތައް ފެޅި ހަލާކުވެފައިވާ ތަންތަން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

MBC-PRC/376/10/2014

 

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު:

މި ކޯޕަރޭޝަންގެ ރޭޑިއޯ ބިލްޑިންގ އޮފީސް ޢިމާރާތުގެ ފަސްޓްފްލޯރއާއި، ސެކަންޑްފްލޯރއާއި، ތާރޑް ފްލޯރގެ ޝީޓުތަކުގެ ކޮންކްރީޓްތައް ފެޅި ހަލާކުވެފައިވާ ތަންތަން،  އަމިއްލަތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 އޮކްޓޫބަރު 2014 ބުރާސްފަތި ދުވަހުގެ 2:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 އޮކްޓޫބަރު 2014 އަންގާރަ ދުވަހުގެ 2:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާއިރު މިކޯޕަރޭޝަނުން ދޭ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކޮށް ހުށަހަޅުއްވަންވާނެއެވެ.

     10 ޛުލްޙިއްޖާ 1435

09 އޮކްޓޫބަރު 2014
ހޯދާ