މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމު :

އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

ރޭންކް :

އެމް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން :

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން :

އިކޮނޮމިކް ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސް (ޔުނިޓް)

މުސާރަ :

-/5610 ރުފިޔާ  

ސަރވިސް އެލަވަންސް :

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް :

ރަމަޟާންމަހުގެ މުނާސަބަތުގައި ދޭ އެލަވަންސް، އިތުރުގަޑީގެ މަސައްކަތަށް ދޭ ފައިސާ، އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާތީ މުސާރައިގެ އިތުރުންދޭ އެލަވަންސް ހަމަޖެހިފައިވާ ގަވާއިދުގެ މަތިން ދެވޭނެއެވެ.

ބޭނުންވާ އަދަދު :

01 (އެކެއް)

އަސާސީ ޝަރުޠު:

 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
 2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް5  ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ
 3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން  ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 • ކައުންސިލުގެ އިދާރާގެ އިކޮނޮމިކް ތަރައްޤީކޮށް ދެމެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.
 • ކޮންމެ އަހަރެއް ނިމުމުގެ ކުރިން ކުރިޔަށް އޮތް އަހަރުގެ ރަށުގެ ބިމުގެ ޕްލޭން ހަދައި ބަޖެޓްކުރުން.
 • ކަނޑުގައި ދުއްވާ އުޅަނދުފަހަރު މިނެ މާވަޑިޔާ ދޭ ސެޓުފިކެޓުގައި ޖަހާފައިވާ މިންތައް ބަލައި ޗެކުކުރުމުގެ މަސައްކަތް.
 • މުވައްޒަފުން ވަޒީފާއަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމު ހިންގުން.
 • މަސްވެރިންނާއި، ވިޔަފާރިވެރިންނާއި، ދަނޑުވެރިންނާ ގުޅުންހުރި ކައުންސިލުން ބަލަހައްޓަންޖެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން.
 • ކައުންސިލްގެ އިދާރާއިން ކުރަންޖެހޭ ތަޙްޤީޤުތައްކުރުމާއި، އިދާރާގައި އެއްވެސް ތަޙްޤީޤެއް ހިނގާނަމަ އެކަން ހިނގާނުހިނގާގޮތް ބެލެހެއްޓުން. އަދި ފަޅުން ވެލި ނެގުމުގެ ހުއްދަ ދިނުމާއި، އަގު ދައްކަންޖެހޭ ގޮތަށް ނަގާވެލީގެ އަގުނެގުމުގެ ކަންތައް ހަމަޖެއްސުން. އަދި ފަޅާއި ގޮޑުދޮށްތައް ޙިމާޔަތްކޮށް ބެލެހެއްޓުމާއި، ތިމާވެށީގެ ކަންތައްތައް ބެލެހެއްޓުން.
 • ކައުންސިލުން އެކިފަރާތަކާއެކު ކުރެވޭ އެގްރީމަންޓުތަކާބެހޭ އެންމެހައި ކަންތައްތައް މުއްދަތު ހަމަވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ބެލެހެއްޓުން.
 • އެކި މީސްމީހުންގެ ކުށުގެ ރެކޯޑު އަޕްޑޭޓްކޮށް ބެލެހެއްޓުން
 • (ހ) އެއްގަމު އުޅަނދުފަހަރު ދުއްވުމަށާއި، ހިނގާބިނގާވެ އުޅުމުގެ އިންތިޒާމުތައް ހަމަޖައްސައި، މަގުތަކާއި ގޯޅިތައް ހަދައި މަރާމާތުކޮށް ނަންބޯޑުޖަހައި، މަގުތަކާއި ގޯޅިތައް އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމަށް ސަމާލުކަންދީ އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
 • (ފ) ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަދި ރަށުގެ ލޭންޑްޔޫސް ޕްލޭނާ ތައާރުޒުނުވާ ގޮތުގެމަތިން، ރަށުން ބިން ދޫކުރުމާއި ބިމާއި ޢިމާރާތް ރަޖިސްޓަރީކުރުމާއި، ދިވެހިރާއްޖޭގެ ޢިމާރާތް ކުރުމުގެ ގަވާއިދުތަކާއި ސަރުކާރުގެ މިނިސްޓްރިތަކުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ރަށުގައި ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި، އެކިއެކި ފަރާތްފަރާތުން ރަށުގެ ބިމާ ގުޅޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމަލާތުތަކުގެ ރެކޯޑުތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިނޫންވެސް ޤާނޫނުތަކުގައިވާ ގޮތުގެމަތިން ބެލެހެއްޓުމުގެ އިދާރީ ކަންކަން ކުރުން. އަދި ރަށުން ދޫކޮށްފައިވާ ގޯތިތަކާއި ބިންބިމުގެ މިން އަޅައި އިން ވަކިކޮށްދިނުމާއި، ރަޖިސްޓަރީ ހަދައިދިނުމާއި، އިން އޮޅުނަނުދީ ބެލެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.
 • ރަށުގެ އެކި ސަރަހައްދުތަކުގައި މަޢުލޫމާތު ބޯޑުތައް ޖަހައި ބެލެހެއްޓުމާއި، ތިމާވެށި ޙިމާޔަތްކޮށް ބެލެހެއްޓުމުގައި ކުރަންޖެހޭ ކަންތައްތައް ކުރުން.
 • (ދ) ރަށުގެ ބިންބިމުގެ ދަފްތަރު އެކުލަވައި އެ ދަފްތަރު ބެލެހެއްޓުމާއި، ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައި ބަލަހައްޓައި، އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުމުގައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
 • ހުސްނުވާ އާސަންދަ އާއި ޕެންޝަން ސްކީމް ޕްރޮގްރާމާ ގުޅޭ ކައުންސިލުން ބަލަހައްޓަންޖެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
 • (ގ) އާސާރީ ތަންތަން ބެލެހެއްޓުމާއި ޘަޤާފީ ކަންކަން ދިރުވައި ދެމެހެއްޓުމުގައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
 • މީގެ އިތުރުންވެސް ކައުންސިލުގެ އިދާރާގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ވެރިން އަންގަވާ ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް

 1. ލާމަރުކަޒީ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވުން.
 2. ސިވިލް ސަރވިސް ޤާނޫނަށާއި ސިވިލް ސަރވިސް ގަވާއިދަށް އަހުލުވެރިވުން.
 3. މާލިއްޔަތާބެހޭ ޤަނޫނާއި ގަވާއިދަށް އަހުލުވެރިވުން.
 • އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އިމްތިޙާނުކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތު ތަކާއި އޮންނާނެ ތަން:

އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އިމްތިޙާނުކުރުން ބޭއްވޭނީ 21 އޮކްޓޫބަރު 2014 ވަނަ ދުވަހު މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާގައެވެ.

 • އެޕްލިކޭޝަން ފޮނުވަންޖެހޭ ތާރީޚާއި ތަން: 20 އޮކްޓޫބަރު 2014 (ހޯމަ) ދުވަހުގެ މެންދުރު 12:30 ގެ ކުރިން މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ (ކ. ހުރާ)
 • ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. އަދި މި ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްނަމަ މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، (އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީ). (އެޓެސްޓްކޮށް ހުށަހަޅާ ލިޔުންތަކުގައި، އެޓެސްޓުކުރި ފަރާތުގެ ނަމާއި، ތާރީޚާއި ސޮއި، އަދި އެޓެސްޓްކުރި އޮފީހުގެ ތައްގަނޑު ޖަހާފައި ނުވާނަމަ، އެލިޔުންތައް ބަލައެއްނުގަނެވޭނެއެވެ.)

4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއަކާއި،

5- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 6640074 ފޯނު ނުވަތަ 7752778 ފޯނާއެވެ. ފެކްސް ނަންބަރަކީ 6640074 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

02 އޮކްޓޫބަރު 2014
ހޯދާ