ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ޕާސްޕޯޓް ފޯމު ބަލައިގަތުމުގެ ޚިދުމަތް ދޭނެ ފަރާތެއް ބޭނުންވެއްޖެ

         މި ޑިޕާޓްމަންޓުގެ ފަރާތުން ދެމުންގެންދާ ޕާސްޕޯޓުގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ޕާސްޕޯޓް ފޯމު ބަލައިގަތުމުގެ ޚިދުމަތް ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެެއްޖެއެވެ.

         ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިޑިޕާޓްމަންޓް (ހ. ވެލާނާގޭގެ 01 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

         މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

02 އޮކްޓޫބަރު 2014
ހޯދާ