ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމު:

ކްލެސިފިކޭޝަން:

ރޭންކް:

ބޭނުންވާ އަދަދު:

އޮފީސް:

ސެކްޝަން:

ތަރުޖަމާނު

އޮފިސަރ ގްރޭޑް 1

ޖީ.އެސް 03

03

ދ. އަތޮޅު ހޮސްޕިޓަލް

އޯ.ޕީ.ޑީ

ޝަރުތު:
  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން  ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މުސާރަ:

-/4465

ސަރވިސް އެލަވަންސް:

-/1500

ރިސްކް އެލަވަންސް:

އޮފީސް މަސައްކަތަށް ނުކުން ދުވަހަކަށް -/75 ރުފިޔާގެ ރޭޓުން

އުޖޫރައާއި އެލަވަންސް އަދި އެހެނިހެން އިނާޔަތްތައް:

ރަމަޟާން އިނާޔަތުގެ ފައިސާ

އިތުރުގަޑި ފައިސާ

(މަތީގައި ދެންނެވިފައިވާ އެލަވަންސް އަދި އިނާޔަތްތައް ސިވިލް ސާރވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައި ދެވޭނެއެވެ.)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ހޮސްޕިޓަލްގެ ޙިދުމަތަށް އެދިގެން އަންނަމީހުންނާއި، ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ބިދޭސީ މުވައްޒަފުންނަށް ދިވެހިބަސް އިގިރޭސި ބަހަށް، އިނގިރޭސިބަސް ދިވެހިބަހަށް ތަރުޖަމާކޮށް ދިނުން
  2. ބަލިމީހުންނަށް އެހީތެރިވެ ބަލިމީހުންނަށް ޚިދުމަތުގެ މަގުދައްކައި ދިނުން
  3. ހޮސްޕިޓަލް އިންފޯމޭޝަން ސިސްޓަމް (އެޗް.އައި.އެސް) ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް މަޢުލޫމާތުތައް އެންޓަރކޮށް ބެލެހެއްޓުން
  4. ކޮންސަލްޓޭޝަން ރޫމްތައް ތައްޔާރުކޮށް ތަކެތި ހަމަކުރުން
  5. ކޮންސަލްޓޭޝަން ރެޖިސްޓަރ ގަވައިދުން ބެލެހެއްޓުން
  6. ކޮންސަލްޓޭޝަން ރޫމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަކޮށްފައި ބެހެއްޓުން
  7. މެޑިކަލް ރެކޯޑްސް ރައްކާތެރިކަމާއެކު ޤަވައިދުން ބެލެހެއްޓުން
  8. ހޮސްޕިޓަލްގެ އެކިއެކި ޚިދުމަތްތަކަށް ނަގަންޖެހޭ ފައިސާ ނަގައި ކޭޝިއަރުންނާއި ހަވާލުކުރުން.
  9. އާސަންދައިގެ ދަށުން ބަލިމީހުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމާއި، އާސަންދައިގެ ދަށުން ހޮސްޕިޓަލުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  10. ޑޮކްޓަރުން އަތޮޅު ތެރެއަށްކުރާ ދަތުރުތަކުގައި ބައިވެރިވުން
  11. ޑޮކްޓަރުންނަށް  އެކިއެކި މަސައްކަތުގައި އެހީތެރިވެދިނުން
  12. ހޮސްޕިޓަލުން ހިންގޭ ތަފާތު އެކިއެކި ޕްރޮގްރާމްތައް ހިންގުމުގައި ބައިވެރިވެ އެހީތެރިވެދިނުން
  13. މީގެ އިތުރުން ހޮސްޕިޓަލްގެ ވެރިންނާއި އަދި އިސްމުވައްޒަފުން އަންގާ މަސައްކަތް ކުރުން (އޮފީސް މަސައްކަތްތައް).

މަޤާމު:

ރިސެޕްޝަނިސްޓް

ކްލެސިފިކޭޝަން:

ރޭންކް:

އޮފިސަރ ގްރޭޑް 01

ޖީ.އެސް 03

ބޭނުންވާ އަދަދު:

އޮފީސް:

02

ދ. އަތޮޅު ހޮސްޕިޓަލް

ސެކްޝަން:

އޯ.ޕީ.ޑީ

ޝަރުތު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން  ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މުސާރަ:

-/4465

ސާރވިސް އެލަވަންސް:

ރިސްކް އެލަވަންސް

-/1500

އޮފީސް މަސައްކަތައް ނުކުންނަ ދުވަހަކަށް -/50 ރުފިޔާގެ ރޭޓުން

އުޖޫރައާއި އެލަވަންސް އަދި އެހެނިހެން އިނާޔަތްތައް

ރަމަޟާން އިނާޔަތުގެ ފައިސާ

އިތުރުގަޑި ފައިސާ

(މަތީގައި ދެންނެވިފައިވާ އެލަވަންސް އަދި އިނާޔަތްތައް ސިވިލް ސާރވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައި ދެވޭނެއެވެ.)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުން ރަޖިސްޓަރީކޮށް ނަމްބަރ ދޫކޮށް ރިކޯޑު ބެލެހެއްޓުން
  2. ޑިއުޓީ ނިންމުމުގެ ކުރިން ބަލި މީހުންނަށް ދޫކުރެވިފައިވާ ނަމްބަރުތަކާއި އެހެނިހެން މިފަދަ ތަކެތި ތަރުތީބުކޮށް ބެލެހެއްޓުން
  3. ހޮސްޕިޓަލަށް ޚިދުމަތް ލިބިގަތުމަށް އަންނަ ބަލިމީހުންނަށް ދިމާވާ ތަފާތު މައްސަލަތައް ހައްލުކުރުމާއި އަދި ޚިދުމަތުގެ މަގުދައްކައިދިނުން
  4. ކޮންސަލްޓޭޝަން ރޫމްތަކުގައި ތަރުޖަމާނެއްގެ ގޮތުން މަސައްކަތްކުރުން
  5. ހޮސްޕިޓަލްގައި އަގު ނަގައި ޚިދުމަތްތަކަށް ނަގަންޖެހޭ ފައިސާ ބަލައިގަނެ ދުވަހުން ދުވަހަށް ބަޖެޓާ ހަވާލުކުރުން
  6. އާސަންދައިގެ ދަށުން ބަލިމީހުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމާއި، އާސަންދައިގެ ދަށުން ހޮސްޕިޓަލުން ކުރަންންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  7. ހޮސްޕިޓަލުން ހިންގޭ ތަފާތު އެކިއެކި ޕްރޮގްރާމްތައް ހިންގުމުގައި ބައިވެރިވެ އެހީތެރިވެދިނުން
  8. މީގެ އިތުރުން ހޮސްޕިޓަލްގެ ވެރިންނާއި އަދި އިސްމުވައްޒަފުން އަންގާ މަސައްކަތްތައް ކުރުން (އޮފީސް މަސައްކަތްތައް).

މަޤާމު:

ކްލެސިފިކޭޝަން:

ރޭންކް:

ބޭނުންވާ އަދަދު:

އޮފީސް:

ސެކްޝަން:

ކޭޝިއަރ

އޮފިސަރ ގްރޭޑް 01

ޖީ.އެސް 03

01

ދ. އަތޮޅު ހޮސްޕިޓަލް

އޯ.ޕީ.ޑީ

ޝަރުތު:

 

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން  ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މުސާރަ:

ސާރވިސް އެލަވަންސް:

ރިސްކް އެލަވްންސް:

އުޖޫރައާއި އެލަވަންސް އަދި އެހެނިހެން އިނާޔަތްތައް:

 

-/4465

-/1500

އޮފީސް މަސައްކަތައް ނުކުންނަ ދުވަހަކަށް -/25 ރުފިޔާގެ ރޭޓުން

ރަމަޟާން އިނާޔަތުގެ ފައިސާ

އިތުރުގަޑި ފައިސާ

(މަތީގައި ދެންނެވިފައިވާ އެލަވަންސް އަދި އިނާޔަތްތައް ސިވިލް ސާރވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައި ދެވޭނެއެވެ.)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ހޮސްޕިޓަލުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ސަރުކާރުގެ މުދަލާއި ފައިސާ ހޭދަކުރުމުގެ ގަވާއިދާ އެއްގޮތަށްކުރުން
  2. އެކިއެކި ފަރާތްތަކުން ލިބޭ ބިލްތައް ހުއްދަދޭގައި ލިޔެ ޚަރަދުތައް ކުރުމާއި އައިޓަމް ބާކީ ބެލެހެއްޓުން
  3. ބަޖެޓާއި ބެހޭ ހުރިހާ ލިޔެކިޔުންތައް ސަރުކާރުގެ ގަވާއިދުތަކާ އެއްގޮތަށް ލިޔެ ރައްކާތެރިކަމާއެކު ބެލެހެއްޓުން
  4. ބަޖެޓް އޮފިސަރ ޗުއްޓީ ނަގައިފި ހިނދެއްގައި ބަޖެޓް އެންމެހައި ކަންތައްތައް ގަވާއިދުން ބެލެހެއްޓުން
  5. ބަޖެޓް ޚަރަދަށް ބޭނުންވާ ފައިސާ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހޯދުން
  6. ބަޖެޓުން ކުރެވޭ ޚަރަދުގެ ރިޕޯޓްތައް ގަވާއިދުން ފޮނުވަންޖެހޭ ތާރީޚަށް އެފަރާތްތަކަށް ފޮނުވުން
  7. މުވައްޒަފުންނަށް މުސާރައާއި އިތުރުގަޑީގެ ފައިސާ ދިނުމާއި އަދި އެހެނިހެން އެލަވަންސްތައް ކަނޑައެޅިފައިވާ އުސޫލުން ދިނުން
  8. އާމްދަނީ ފައިސާ ގަވާއިދުން ބޭންކަށާއި މަނިޓަރީއޮތޯރިޓީއަށް  ޖަމާކުރުމާއި އޭގެ ރިޕޯޓްތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  9. ހޮސްޕިޓަލުން ކުރެވޭ ޚަރަދުތަކަށް އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ވީހާވެސް އަވަހަކަށް ރައްދުކުރުމާއި، އަތޮޅުތެރޭގެ ޞިއްޙީމަރުކަޒު އަދި ހެލްތްޕޯސްޓްތަކަށް ފޮނުވަންޖެހޭ ފައިސާ ފޮނުވުމާއި އެތަންތަނުގެ ބަޖެޓް ބެލެހެއްޓުން
  10. މީގެ އިތުރުން މަރުކަޒުގެ ވެރިންނާއި އަދި އިސްމުވައްޒަފުންގެ އަންގާ މަސައްކަތް ކުރުން (އޮފީސް މަސައްކަތް).

ސުންގަޑި:

20 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ދ. އަތޮޅު ހޮސްޕިޓަލަށް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު (މި ފޯމު ދ. އަތޮޅު ހޮސްޕިޓަލްގެ އޮފީހުން ލިބެން ހުންނާނެއެވެ.)

 

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން  ދޫކޮށްފައިވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ) އެކްރެޑިޓް ނުކުރާ ސެޓްފިކެޓްތައް ބަލައި ނުގަނެވޭނެއެވެ.

 

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރު އަދި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ސިވިލް ސާރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

އިންޓަރވިއު ކުރެވޭނެ ތާރީޚް އަދި ތަން:

އިންޓަރވިއުކުރުމަށް ހަމަޖެހިފައިވަނީ 30 އޮކްޓޫބަރު 2014 ން 30 ނޮވެންބަރު 2014 އާ ދެމެދު ދ. އަތޮޅު ހޮސްޕިޓަލްގައެވެ.

މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ، ނަމްބަރ 6760087 އަށް ގުޅުއްވުން އެދެމެވެ. އަދި ފެކްސް ނަމްބަރަކީ 6760531 އެވެ.

8 ޛުލްޙިއްޖާ 1435  

02 އޮކްޓޫބަރު 2014
ހޯދާ