ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މިހޮސްޕިޓަލްގެ ނަމްބަރ: DHAH/2014/02 (14 އޮގަސްޓު 2014)ގެ އިއުލާންގައިވާ ވަޒީފާތައް ކެންސަލް ކުރުމަށްފަހު އަލުން އެ މަޤާމުތަކަށް އިއުލާންކުރީމެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު:

ކޮމިއުނިޓީ ހެލްތު އޮފިސަރ

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް.އެސް 01

ބޭނުންވާ އަދަދު:

01

އޮފީސް:

ދ. އަތޮޅު ހޮސްޕިޓަލް

ސެކްޝަން:

ޕަބްލިކް ހެލްތު ޔުނިޓް

ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީ ވެފައިވުން، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީ ވެފައިވުން،  ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެމަތީ ސަނަދެއް ހާސިލުކޮށްފައިވުން އަދި މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީ ވެފައިވުން

މުސާރަ:

-/5610

ސަރވިސް އެލަވަންސް:

-/2500

ރިސްކް އެލަވަންސް:

އޮފީސް މަސައްކަތަށް ނުކުން ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން

އުޖޫރައާއި އެލަވަންސް އަދި އެހެނިހެން ޢިނާޔަތްތައް:

ރަމަޟާން ޢިނާޔަތުގެ ފައިސާ

އިތުރުގަޑި ފައިސާ

(މަތީގައި ދެންނެވިފައިވާ އެލަވަންސް އަދި އިނާޔަތްތައް ސިވިލް ސާރވިސްގެ ޤަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައި ދެވޭނެއެވެ.)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ހެލްތު މާސްޓާ ޕްލޭނާއި އަދި އެހެނިހެން ޤައުމީ ޕޮލިސީ ސްޓްރެޓެޖިކް ޕްލޭންތަކަށް ރިޢާޔަތްކޮށް އެއާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ އަހަރަކުވެސް އެކްޝަން ޕްލޭނެއް ހައްދަވާ އެ ޕްލޭނާއި އެއްގޮތަށް ސުކޫލުތަކާއި ކައުންސިލް އަދި އެކި ޖަމްޢިއްޔާތަކާއިގުޅިގެން ރަށު ފެންވަރުގައި އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޕްރޮގްރާމުތައް ރާވައި ހިންގުން.
  2. އާންމު ޞިއްޙަތާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ރަށަށް ޒިޔާރަތްކުރާ ޓީމުތަކަށް ދޭންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
  3. ރަށުގައި ރޯގާއެއް ފެތުރިއްޖެނަމަ އެ ރޯގާ ކޮންޓްރޯލުކުރުމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެކަން ކޮންޓްރޯލު ކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުމާއި އެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް އަންގައި އެ ފަރާތްތަކުގެ މަޝްވަރާއާއި އިރުޝާދުގެ ދަށުން ފިޔަވަޅުއެޅުން.
  4. ޕަބްލިކު ހެލްތު ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒުކުރައްވާ ދުވަހުން ދުވަހަށް އެމީހުންގެ މަސައްކަތް ނިންމުމަށް ބާރުއަޅާ އެހީތެރިކަން ފޯރުކޮށްދިނުން.
  5. ދުވަހުން ދުވަހަށް އަދި މަހުން މަހަށް ފޮނުވަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ރަށު ފެންވަރުގައި ދިރާސާ ކުރުމަށްފަހު ގަވައިދުން ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ފޮނުވުން. އަދި ޕަބްލިކުހެލްތު ގެ މަސައްކަތްތަކާއި ގުޅިފައިވާ ޑޭޓާބޭސްތައް ގަވައިދުން އަޕްޑޭޓްކުރަމުން ގެންދިއުން.
  6. ރަށު ފެންވަރުގައި ކާރިސާތަކާއި އެކިއެކި ހާދިސާތަކުގައި ޕަބްލިކް ހެލްތު ޔުނިޓުން ޢަމަލުކުރާނެގޮތުގެ ޕްލޭން އެކުލަވައިލައި އެއަށް ޢަމަލުކުރުން.
  7. ޤައުމީ އިމިއުނައިޒޭޝަން ޕްރޮގްރާމުގެ ދަށުން ރަށު ފެންވަރުގައި ދޭންޖެހޭ ޚިދުމަތް ގަވައިދުން ފޯރުކޮށްދެވޭނެ އިންތިޒާމު ރާވައި ހަމަޖެއްސުން.
  8. ނިއުޓްރިޝަނާބެހޭ ޤައުމީ ޕްރޮގްރާމުގެ ދަށުން ރަށު ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
  9. ގައިގަޔަށްއަރާ ބަލިތަކާއި ސޫފާސޫފީގެ ޒަރީޢާއިން ޖެހޭ ބަލިތައް އަދި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލުކުރުމުގެ ޤައުމީ ޕްރޮގްރާމުތަކުގެ ދަށުން ރަށު ފެންވަރުގައި ހިންގަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
  10. އުފަންވެނި ޞިއްޙަތުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން ރަށު ފެންވަރުގައި ހިންގަންޖެހޭ ޙަރަކާތްތަކާއި ދޭންޖެހޭ ޚިދުމަތް ދިނުމުގައި ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބިގަނެވޭނެ ފަދަ ގޮތަކަށް ރާވައި ހިންގުން.
  11. މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށްޓާ ގުޅުންހުރި ޞިއްޙީ މައްސަލަތަކުން ރައްކާތެރިވެތިބުމަށް ކުރަންޖެހޭ މަސައްކަތްތައް ރަށު ފެންވަރުގައި ރާވައިހިންގުން.
  12. އެރަށެއްގެ އަދި އެ އަތޮޅެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ މެނޭޖުމަންޓާއި ކުލިނިކަލް ދާއިރާއާ ގުޅިގެން ޕަބްލިކު ހެލްތުގެ މަސައްކަތްތައް ރާވައިހިންގުން.
  13. ޢާންމު ޞިއްޙަތާ ގުޅުންހުރި ޤާނޫނުތައް ރަށު ފެންވަރުގައި ތަންފީޛުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރަށު ކައުންސިލާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި އެހެނިހެން ތަންފީޛީ އިދާރާތަކާއި ގުޅިގެން ކުރުން.
  14. އެކިއެކި ޕަބްލިކުހެލްތު ޕްރޮގްރާމުތަކުގެ ދަށުން ފޯރުކޮށްދޭންޖެހޭ ބޭހާއި މެޑިކަލް ކޮންސިއުމަބަލްސްގެ ސްޓޮކް ބެލެހެއްޓުމާއި ގަވައިދުން އާންމު ރައްޔިތުންނަށް ފޯރުކޮށްދިނުން.
  15. ޢާންމު ޞިއްޙަތު ރައްކާތެރިކުރުމާބެހޭ މަޢުލޫމާތު ރައްޔިތުންނަށް ގާތުން ފޯރުކޮށްދިނުމަށްޓަކައި ހޯމްވިޒިޓްތައް ރާވައި ހިންގުން އަދި ހޯމްވިޒިޓުތަކުގެ ތަފުސީލު ހަމަޖެހިފައިވާ އުސޫލުތަކުގެމަތިން ގަވައިދުން ރިޕޯޓުކުރުން.
  16. ފާމަސީތައް އަދި ކާބޯތަކެތީގެ މަސައްކަތްކުރާ ހޮޓާރެސްޓޯރެންޓް ފަދަ ތަންތަން އަދި ޔޫރަޕިއަން ޔޫނިއަން އެކްސްޕޯޓްކުރުމަށް މަސްބާނާ އޮޑިދޯނިފަހަރު މޯލްޑިވްސް ފުޑު އެންޑް ޑްރަގް އޮތރިޓީގެ ގަވާއިދުތަކާ މިންގަނޑުތަކާއި އެއްގޮތައް އިންސްޕެކްޓްކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުން.
  17. ރަށުގެ ހުރިހާ ގިންތިއެއްގެ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ރަށު އަދި އަތޮޅު ކައުންސިލާއި ސުކޫލާއި އަދި އެހެނިހެން މުއައްސަސާތަކާ ގުޅިގެން އެކި ޕްރޮގްރާމުތައް ރާވައި ހިންގުން.
  18. މީގެ އިތުރުން ހޮސްޕިޓަލްގެ ވެރިންނާއި އަދި އިސް މުވައްޒަފުން އަންގާ މަސައްކަތްތައް ކުރުން (އޮފީސް މަސައްކަތްތައް).

މަޤާމު:

އެސިސްޓެންޓް މެއިންޓަނަންސް  އޮފިސަރ

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 01

ރޭންކް:

ޖީ.އެސް 03

ބޭނުންވާ އަދަދު:

01

އޮފީސް:

ދ. އަތޮޅު ހޮސްޕިޓަލް

ސެކްޝަން:

އެޑްމިން

ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  1. ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން  ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މުސާރަ:

-/4465

ސާރވިސް އެލަވަންސް:

ރިސްކް އެލަވަންސް

-/1500

އޮފީސް މަސައްކަތައް ނުކުންނަ ދުވަހަކަށް -/25 ރުފިޔާގެ ރޭޓުން

އުޖޫރައާއި އެލަވަންސް އަދި އެހެނިހެން އިނާޔަތްތައް

ރަމަޟާން ޢިނާޔަތުގެ ފައިސާ

އިތުރުގަޑި ފައިސާ

(މަތީގައި ދެންނެވިފައިވާ އެލަވަންސް އަދި އިނާޔަތްތައް ސިވިލް ސާރވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައި ދެވޭނެއެވެ.)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
  1. ހޮސްޕިޓަލާއި އަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ (ޞިއްޙީ މަރުކަޒުތައް، ހެލްތު ޕޯސްޓްތައް) އިމާރާތާއި ތަކެތި ގަވައިދުން  މަރާމާތުކުރުން
  2. ހޮސްޕިޓަލްގެ  އިންވެންޓްރީއަށް ގެންނަންޖެހޭ އުނިއިތުރުތަކާއި އެކު ފުރިހަމަކޮށް ބެލެހެއްޓުން
  3. ވެހިކަލްތަކުގެ ރަޖިސްޓަރީ ބަލަހައްޓައި، އަހަރީ ފީ ކަނޑައެޅިފައިވާ މުއްދަތުގައި ދައްކަމުންގެންދޭތޯ ބަލައި،  އެކަންކަން ކުރުން
  4. ވެހިކަލްތަކުގެ ރޯޑްވާދިނަސް ހެއްދުމުގެ ކަންތައްތައް ގަވައިދުން ކުރުން
  5. ހޮސްޕިޓަލްގައި ކުރަންޖެހޭ މަސައްކަތްތަކަށް އަންދާސީހިސާބު ހޯދުމާއި މަސައްކަތާ ބެހޭ މަޢުލޫމާތު ދިނުމުގެ އިތުރުން އެކަމާ ގުޅުންހުރި މަސައްކަތްތައް ކުރުން
  6. މަރާމާތަށާއި އެކިއެކި މަސައްކަތްތަކަށް ބޭނުންވާ ތަކެތި، ކަމާބެހޭ ފަރާތްތަކުން އެދުމުން އެތަނެއްގެ ސްޓޮކްގައި ހުރިތޯ ބަލައި އެތަކެތި ހޯދައިދިނުން
  7. ހޮސްޕިޓަލާއި އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ނީލަންކިޔަންޖެހޭ ތަކެތި ގަވާއިދުން ނީލަންކިޔުމާއި، ނައްތާލަންޖެހޭ ތަކެއްޗާ ބެހޭ  މަޢުލޫމާތު ހޯދުން.
  8. ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ބޭނުންކުރާ މެޝިނަރީއާއި މެޑިކަލް އިކްޕްމަންޓްސްގެ ތެރެއިން  ހަލާކުވުމުގެ  ސަބަބުން  ނުވަތަ ބާވުމުގެ ސަބަބުން ބޭނުން ނުހިފޭ ތަކެތި ލިސްޓު ކޮށް ކަމާއިބެހޭ ފަރާތުގައި ދަންނަވައިގެން އެފަރާތުން  އަންގަވާ  ގޮތަކަށް އެތަކެއްޗާއި މެދު އަމަލުކުރުން
  9. ހޮސްޕިޓަލް ފޮޅާ ސާފުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން
  10. ހޮސްޕިޓަލް ފޮޅާ ސާފުކުރުމުގެ މަސައްކަތްކުރާ ފަރާތާއި ހޮސްޕިޓަލާ  ދެމެދު  ވެވިފައިވާ  އެއްބަސްވުމުގެ  ދަށުން ހޮސްޕިޓަލުން  ކުރަންޖެހޭ ކަންތައްތަކުގައި އިސްވެހުރެގެން އެކަންތައްތައް ގަވާއިދުން ކުރުވުން
  11. މަސައްކަތާ ގުޅޭ ދާއިރާއިން ހޮސްޕިޓަލްގައި ކުރަންޖެހޭ ކަންކަމުގައި އިސްކޮށް ހުންނަ މުވައްޒަފަކަށް އެހީތެރިވެ ދިނުމުގައި އެމުވައްޒަފަކާއި ބައިވެރިވުން އަދި އެ މުވައްޒަފެއް ނެތް ހާލަތެއްގައި އެ މުވައްޒަފެއްގެ މަސައްކަތްތައް ގަވައިދުން ކުރުން.
  12. މީގެ އިތުރުން ހޮސްޕިޓަލްގެ ވެރިންނާއި އަދި އިސްމުވައްޒަފުން އަންގާ މަސައްކަތްތައް ކުރުން (އޮފީސް މަސައްކަތްތައް).
މަޤާމު:

އެމްބިއުލަންސް ޑްރައިވަރ

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާރފް ގްރޭޑް 02

ރޭންކް:

އެސް.އެސް 02

ބޭނުންވާ އަދަދު:

01

އޮފީސް:

ދ. އަތޮޅު ހޮސްޕިޓަލް

ސެކްޝަން:

އޯ.ޕީ.ޑީ

ޝަރުޠު:

 

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

މުސާރަ:

-/3470

ސާރވިސް އެލަވަންސް:

-/1000

ރިސްކް އެލަވްންސް:

އޮފީހުގެ މަސައްކަތައް ނުކުންނަ ދުވަހަކަށް -/75 ރުފިޔާގެ ރޭޓުން

އުޖޫރައާއި އެލަވަންސް އަދި އެހެނިހެން އިނާޔަތްތައް:

ރަމަޟާން އިނާޔަތުގެ ފައިސާ

އިތުރުގަޑި ފައިސާ

(މަތީގައި ދެންނެވިފައިވާ އެލަވަންސް އަދި އިނާޔަތްތައް ސިވިލް ސާރވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައި ދެވޭނެއެވެ.)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ދުވާލަކު އެއްފަހަރު ވެހިކަލް ދޮވެ ފޮޅައި ސާފުކުރުން
  2. ވެހިކަލްގައި ދަތުރުކުރާ މީހުންގެސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  3. އެމްބިއުލާންސްގައި ކުރެވޭ ދަތުރުތަކުގެ ރިކޯޑު ބެލެހެއްޓުން
  4. ވެހިކަލްގައި ދިމާވާ މައްސަލަތައް ފާހަގަކޮށް މަރުކަޒުގެ އޮފީހަށް އަންގައި އެކަމެއް ރަނގަޅުކުރުމަށް މަސައްކަތްކުރުން
  5. ވެހިކަލް ދުއްވުމުގައި މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުން
  6. މީގެ އިތުރުން މަރުކަޒުގެ ވެރިންނާއި އަދި އިސްމުވައްޒަފުންގެ އަންގާ މަސައްކަތް ކުރުން (އޮފީހުގެ މަސައްކަތް).

ސުންގަޑި:

20 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ދ. އަތޮޅު ހޮސްޕިޓަލަށް

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދޭފަރާތްތަކުން ހުށައަޅަންޖެހޭ އެޕްލިކޭޝަން ފޯމު (މި ފޯމް ދ. އަތޮޅު ހޮސްޕިޓަލްގެ އޮފީހުން ލިބެން ހުންނާނެއެވެ.)

 

ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން  ދޫކޮށްފައިވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ) އެކްރެޑިޓް ނުކުރާ ސެޓްފިކެޓްތައް ބަލައި ނުގަނެވޭނެއެވެ.

 

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރު އަދި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ސިވިލް ސާރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

އިންޓަރވިއު ކުރެވޭނެ ތާރީޚު އަދި ތަން:

އިންޓަރވިއުކުރުމަށް ހަމަޖެހިފައިވަނީ 30 އޮކްޓޫބަރު 2014 ން 30 ނޮވެމްބަރ 2014 އާ ދެމެދު  ދ. އަތޮޅު ހޮސްޕިޓަލްގައެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ، ނަންބަރު 6760087 އަށް ގުޅުއްވުން އެދެމެވެ. އަދި ފެކްސް ނަމްބަރަކީ 6760531 އެވެ.

8 ޛުލްޙިއްޖާ 1435  

02 އޮކްޓޫބަރު 2014
ހޯދާ