ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކޮންސްޓްރަކްޝަން މެޓީރިއަލްސް ޝޯރޫމް ރިނޮވޭޝަން މަސައްކަތްކޮށް ދޭނެ ފަރާތެއް ހޯދަން

އެސްޓީއޯ ޕލކ. ގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް ޝޯރޫމުގެ ރިނޮވޭޝަން މަސައްކަތްކޮށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކުންފުނިން ދޭ މަޢުލޫމާތާއި ކުރެހުން، ބީއޯކިއު އަދި މަޢުލޫމާތާ އެއްގޮތަށް، އެސްޓީއޯ ޕލކ. ގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް ޝޯރޫމުގެ ރިނޮވޭޝަން މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:           މި ކުންފުނީގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް ޝޯރޫމުގެ ރިނޮވޭޝަން މަސައްކަތް އަމިއްލަ ތަކެތީގައި ކުރުން

މަސައްކަތުގެ ވެރިފަރާތް:    ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ

ރަޖިސްޓަރީ ކުރުން:      ރަޖިސްޓަރީ ކުރަން ބޭނުންފުޅުވާ ބޭފުޅުން 2014 އޮކްޓޫބަރު 13 ވަނަ ދުވަހުގެ 14:30 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:   ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2014 އޮކްޓޫބަރު 14 ވަނަ ދުވަހުގެ 15:00 ގެ ކުރިން އީމެއިލުންނެވެ.

މަޢުލޫމާތު ދިނުން:       ރަޖިސްޓަރީ ކުރައްވާފައިވާ އެންމެހައި ފަރާތްތަކަށް 2014 އޮކްޓޫބަރު 14 ވަނަ ދުވަހުގެ 15:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް ޝޯރޫމުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:        ބީލަންކަރުދާހާ ގުޅިގެން ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ އެންމެހައި ސުވާލުތައް ލިޔުމުން ފޮނުއްވާނީ 2014 ސެޕްޓެންބަރު 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލުންނެވެ.

ބީލަންކަރުދާސް :        ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2014 އޮކްޓޫބަރު 21 ވަނަ ދުވަހުގެ 10:00 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން:  3344321، 3344196، 3344224

ފެކްސް:  3344633

އީމެއިލް: [email protected]

08 ޛުލްޙިއްޖާ 1435

02 އޮކްޓޫބަރު 2014
ހޯދާ