މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެއަރކޮންޑިޝަނިންގ ސިސްޓަމް ބެހެއްޓުމަށް

މި މިނިސްޓްރީއަށް ވާރކިންގ ސްޕޭސްގެ ގޮތުގައި ލިބިފައިވާ ގޯޑައުން އިމާރާތުގެ 1ވަނަ 2 ވަނަ އަދި 3 ވަނަ ފްލޯގައި މި މިނިސްޓްރީން ދޭ މަޢުލޫމާތާ އެއްގޮތަށް އެއަރކޮންޑިޝަނިންގ ސިސްޓަމް (އިންވާޓަރ ޓައިޕް) ބެހެއްޓުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ ގްރީން ބިލްޑިންގގެ 1 ވަނަ ފަންގިފިލާގެ މީޓިންގރޫމަށް ވަޑައިގެން، ބީލަން ހުށަހެޅުމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި މި ބައްދަލުވުމަށް ވަޑައިންނަވާ ފަރާތްތަކަށެވެ.

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 16 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ 1 ވަނަ ފަންގިފިލާގެ މީޓިންގރޫމުގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3018341 އަށް ގުޅުއްވުން އެދެމެވެ.

8 ޛުލްޙިއްޖާ 1435

02 އޮކްޓޫބަރު 2014
ހޯދާ