އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ރައިޓް-ޓު-އިންފޮރމޭޝަން ކޮންސަލްޓެންޓް

މަޤާމު:

ރައިޓް-ޓު-އިންފޮރމޭޝަން ކޮންސަލްޓެންޓް

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ފެންވަރު ނުވަތަ ޝަރުޠު:

 1. އިންފޮރމޭޝަންގެ ނުވަތަ މާސް ކޮމިޔުނިކޭޝަންގެ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރީ އޮތުން، އަދި؛ 
 2. ގުޅުން ހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން، އަދި؛
 3. އިފޮރމޭޝަން ކޮމިޔުނިކޭޝަން ނުވަތަ މާސް ކޮމިޔުނިކޭޝަން ނުވަތަ ގުޅުން ހުރި ދާއިރާއެގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
 4. މާސް ކޮމިޔުނިކޭޝަން ނުވަތަ ގުޅުން ހުރި ދާއިރާއަކުން، ތަޢުލީމީ މަރުޙަލާތަކެއް ކަޑައްތުކޮށްގެން ޕީއެޗްޑީ ހާސިލުކޮށްފައިވުން، ނުވަތަ؛
 5. އިންފޮރމޭޝަން ސައެންސްގެ ދާއިރާއިން ބެޗްލަރސްއެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން، އަދި؛
 6. މަޢުލޫމާތު ފެތުރުމާ ގުޅުންހުރި މަސައްކަތެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
 7. ދިވެހިބަހާއި އިނގިރޭސިބަހުން އަނގަބަހުންނާއި ލިޔުމުން ފަސޭހަކަމާއެކު މުޢާމަލާތުކުރަން އެނގުމާއި މި 2 ބަހުން (އެއް ބަހުން އަނެއް ބަހަށް) ރަނގަޅަށް ތަރުޖަމާކުރަން އެނގުން.
 8. ދިވެހިބަހުންނާއި އިނގިރޭސިބަހުން ހުށަހެޅުންތައް (ޕްރޮޕޯޒަލްސް) ތައްޔާރުކުރަން އެނގުން.

މައިގަނޑު މަސްއޫލިއްޔަތު:

 1. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަމާއި ހިންގަންޖެހޭ ޙަރަކާތްތަކާ ބެހޭގޮތުން ކޮމިޝަނަރަށް ލަފާދީ، އެ ޤާނޫނު އެކަންކަން ތަންފީޛު ކުރުމުގައި އެހީތެރިވެދީ އެއްބާރުލުން ދިނުން.
 2. އޮފީހުގެ މަސައްކަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންކަން ދިރާސާކޮށް ރަނގަޅުކުރަންވާ ކަންކަމުގެ އިރުޝާދު ކޮމިޝަނަރަށް ދިނުން.
 3. އޮފީހުގައި ހުންނަ މުހިންމު ލިޔުންތަކުގެ ތެރެއިން ކޮންމެހެން އިނގިރޭސިބަހަށް ތަރުޖަމާކުރަންޖެހޭ ތަކެތި ތަރުޖަމާކުރުމާއި، އިނގިރޭސިބަހުން ހުންނަ މުހިންމު ލިޔުންތައް ދިވެހިބަހަށް ތަރުޖަމާކުރުން.
 4. ހޭލުންތެރި ކުރުމަށް ހިންގޭ ތަމްރީނުތަކުގައި ބައިވެރީންނަށް މަޢުލޫމާތުދިނުން.
 5. އޮފީހުގެ ސިޔާސަތުތައް އެކަށައެޅުމާއި ތަންފީޒު ކުރުމުގައި ކޮމިޝަނަރަށް ބޭނުންވާ މަޝްވަރާދިނުން
 6. ބޭރު ފަރާތްތަކަށް ހުށަހަޅަންޖެހޭ ޕްރޮޕޯޒަލްތައް ކޮމިޝަނަރގެ މަޝްވަރާގެ މަތީން ތައްޔާރުކޮށްދިނުން
 7. ޚާއްޞަ ޙާލަތްތަކުގައި އޮފީހުގެ މަސައްކަތްތަކުގެ ދާއިރާއިން ކޮމިޝަނަރު އަންގާ ކަންކަން ކުރުން.

މި މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް

- މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

- ވަޒީފާގެ ދާއިރާގައި ހާސިލުކޮށްފައިވާ ތަޖުރިބާތައް.

- ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު

- މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު

- ކޮމްޕިއުޓިންގއަށް، އަދި ޚާއްޞަކޮށް މައިކްރޯސޮފްޓް ވާރޑަށް އަހުލުވެރިވެފައިވާ މިންވަރު.

- މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށާއި އެހެނިގެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު

މުސާރަ އާއި އެލަވަންސް:

- (މަހަކު) -/17000 ރުފިޔާ. އަދި؛

އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށްފައި)

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައި)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- އެންމެ ފަހުން ވަޒީފާ އަދާކޮށްފައިވާ އޮފީސް ނުވަތަ ކުންފުނީގެ ރިފަރެންސް ސިޓީ. (ލިބެން އޮތް ނަމަ)

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

2 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށެވެ.

އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް/ގޯޑައުން ބިލްޑިންގ، ހަނދުވަރީ ހިނގުން، މާފަންނު، މާލެ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010992/ 3010998/ 3010988 ނަންބަރު ފޯނާއެވެ.

5  ޛުލްޙިއްޖާ 1435

29 ސެޕްޓެންބަރު 2014
ހޯދާ