ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ / ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް.އެސް 3

މުސާރަ

މަހަކު  -/7,035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު  -/2000 ރުފިޔާ

އިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

އެޑްމިނިސްޓްރޭޓިވް ސެކްޝަން، ރީޖަނަލް އެއަރޕޯޓްސް، މާލެ'

މަޤާމުގެ މަސްއޫލިއްޔަތު

ރީޖަނަލް އެއަރޕޯޓްސް އާއި ސަރަހައްދީ އެއަރޕޯޓުތަކުގެ ޕާރޗޭސިންގ އާ ބެހޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

މަޤާމުގެ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފއިވުން. ނުވަތަ
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

4. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ އިންސައްތަ %30 އަށްވުރެ މަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ޕަރޗޭސިންގ ޔުނިޓުގެ މަސައްކަތްތައް އޮފީސް ހިންގަވަން ހުންނަ ވެރިއެއްގެ ލަފާގެ ދަށުން ސުޕަވައިޒްކުރުން.

2. އެއަރޕޯޓުތަކާއި އޮފީހަށް ހޯދަން ބޭނުންވާ ތަކެތި ހޯދުމުގެ ކަންތައްތައް ގަވާއިދުތަކާ އެއްގޮތަށް ބެލެހެއްޓުން.

3. ރީޖަނަލް އެއަރޕޯޓްސް އޮފީހާއި އެއަރޕޯޓުތަކުގެ މެއިންޓަނަންސްގެ ކަންތައްތައް އޮފީސް ހިންގާ ވެރިއެއްގެ ލަފާގެ ދަށުން ބެލެހެއްޓުމާއި، މެއިންޓަނަންސްއާ ބެހޭ ރިކޯޑުތައް ބެލެހެއްޓޭނޭ އިންތިޒާމް ހަމަޖައްސައި ބެލެހެއްޓުން.

4. ސިވިލް މެއިންޓަނަންސްއާ ބެހޭ ރިކޯޑުތައް ބެލެހެއްޓޭނޭ އިންތިޒާމް ހަމަޖައްސައި ބެލެހެއްޓުން.

5. ކުރިއަށް އަންނަ އަހަރަށް ބަޖެޓް ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތު ފައިނޭންސް ސެކްޝަނަށް ދިނުން.

6. އޮފީހުން ރާވާ އެކި މަސައްކަތްތަކާ ކަންކަމުގައި ފުރިހަމައަށް އެހީތެރިވެ އެއްބާރުލުން ދިނުން.

7. މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އޮފީހުން އަންގާ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ނުވަތަ ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv/2012/01/2449 އިން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ).

ސުންގަޑި

12 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 15:00 އަށް.

އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް މަސްދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ ބިލްޑިންގ، 11 ވަނަ ފަންގިފިލާ، މާލެ'.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776 އެވެ. ފެކްސް ނަންބަރަކީ 3320911 އެވެ. ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ނޯޓް: މި ވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓު ކުރެވޭނެއެވެ.

25 ސެޕްޓެންބަރު 2014
ހޯދާ