ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
މަސައްކަތު

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

05

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 1

ރޭންކް: އެސް.އެސް.1

މުސާރަ

މަހަކު -/3,100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1,000 ރުފިޔާ

އިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

ހަނިމާދޫ އެއަރޕޯޓް އޮފީސް / ހދ. ހަނިމާދޫ

މަގާމުގެ މަސްއޫލިއްޔަތު

ހަނިމާދޫ އެއަރޕޯޓުގެ ޢާންމު މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠު

1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

4. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ އިންސައްތަ %25 އަށްވުރެ މަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އިމާރާތްތަކުގެ އެތެރެއާއި ބޭރު ސާފުކޮށް ބެލެހެއްޓުމާއި ރަންވޭ މަރާމާތު ކުރުމާއި ރަންވޭ މާކިންގ އައުކުރުމާއި ރަންވޭ ކާރިޖެހުމާއި ރަންވޭ ޝޯލްޑަރކޮށުން. އަދި ހަނިމާދޫގެ ބަނދަރު ސަރަޙައްދުގެ މަރާމާތު ކުރުން.
  2. އިމާރާތްތަކުގެ ކައިރީ ހުންނަ ބަގީޗާގަސް ބެލެހެއްޓުމާއި، އިމާރާތް ހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމާއި، ލޯންޑްރީގައި އެއްޗެހި ދޮވެ އިސްތިރިކޮށް ބެލެހެއްޓުން.
  3. އެއަރޕޯޓުގެ އެންމެހާ ސަރަޙައްދުތައް ރީތިކޮށް ފެހިކުރުމަށްޓަކައި ރުއްގަސް އިންދައި ރުއްތަކާއި ގަސްތަކަށް ކާނާއަޅައި އަދި ރުއްތަކާއި ގަސްތައް ރީތިކޮށް ސާފުކުރުން.
  4. ޓޮއިލެޓް ބްލޮކް ސާފުކޮށް ބެލެހެއްޓުމާއި ޓާމިނަލްގައި މަސައްކަތް ކުރުމާއި މަތިންދާބޯޓަށް ތަކެތި އަރުވައި ބޭލުމާއި އަދި އުޅަނދުފަހަރުގައި މަސައްކަތް ކުރުން.
  5. އިމާރާތްތަކާއި، ވެހިކަލްތަކުގެ ތަޅުދަނޑިތައް ލޮގުކޮށް ދޫކުރުމާއި، ގެނައުމުން ހަވާލުވެ ތަޅުދަނޑިތައް ކީބޯޑުގައި ބެހެއްޓުމާއި އެއަރޕޯޓް އިމާރާތްތަކުގެ ބޭރުގައި ހުންނަ ބޮކިތައް ދިއްލައި ނިއްވުމުގެ މަސައްކަތްކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ނުވަތަ ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv/2012/01/2449 އިން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ).

ސުންގަޑި

12 އޮކްޓޫބަރު 2014 ވާ އާދިއްތަ ދުވަހުގެ 15:00 އަށް.

އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް މަސްދުވަސް ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ހަނިމާދޫ އެއަރޕޯޓް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776 އެވެ. ފެކްސް ނަންބަރަކީ 3320911 އެވެ. ވަޒީފާއަށް އެދޭ ފޯމު ހުށައަޅުއްވާނީ ހަނިމާދޫ އެއަރޕޯޓް އޮފީސް / ހދ.ހަނިމާދޫ އަށެވެ. ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ނޯޓް: މި ވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓު ކުރެވޭނެއެވެ.

       

25 ސެޕްޓެންބަރު 2014
ހޯދާ