މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވެލާނާގޭ އޮފީސް ޢިމާރާތުގެ އެތެރެ ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތާ ބެހޭ

ވެލާނާގޭ އޮފީސް ޢިމާރާތުގެ އެތެރެ ކުނިކަހައި ފޮޅައި ސާފުކުރުމަށް 25 އޮގަސްޓު 2014 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު: IUL)138-AS6/1/2014/148) މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ. އަދި މިމަސައްކަތަށް އަލުން ކުރިމަތިލުމުގެ ފުރުޞަތު މިމިނިސްޓްރީގެ ނަންބަރު IUL) 138-AS6/1/2014/164) އިޢުލާނުން މިހާރުވަނީ ހުޅުވާލެވިފައެވެ.

މިދެންނެވި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުން އޮންނާނީ 30 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ މެންދުރުފަހުގެ 02:00 ގައެވެ. އަދި 2 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ މެންދުރުފަހުގެ 02:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4354-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

29 ޛުލްޙިއްޖާ 1435

28 ސެޕްޓެންބަރު 2014
ހޯދާ