މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ސޮފްޓްވެއަރއެއްގެ 70 ލައިސަންސް ގަންނަން

މިކުންފުނީގެ ބޭނުމަށް "މައިލްސްޓޯން އެކްސްޕްރޮޓެކްޓް ޕްރޮފެޝަނަލް" ސޮފްޓްވެއަރގެ 70 ލައިސަންސް ގަންނަން ބޭނުންވެއެވެ.

ވީމާ، މި ސޮފްޓްވެއަރ ލައިސަންސްތައް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 08 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 14:00 އަށް އަންދާސީހިސާބާއެކު މިކުންފުނީގެ ހެޑްއޮފީހަށް ހާޒިރުވެވަޑައިގެން ދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.

05 ޛުލްޙިއްޖާ 1435

29 ސެޕްޓެންބަރު 2014
ހޯދާ