ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތިލަފުށީގެ މައި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުން

މިކުންފުނީގެ ބެލުމުގެ ދަށުން ތަރައްގީކުރާ ކ.ތިލަފުށީގެ މައި މަގުތައް ޒަމާނާ އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ފިޔަވަހިތަކަކަށް ބަހާލައިގެން ތަރައްގީ ކުރުމަށް ނިންމާފައިވާތީ، މި މަޝްރޫޢު ހިންގުމަށް މަގުފަހިކުރާނޭ ޕައިލެޓް ޕްރޮޖެކްޓެއް ވަނީ އެކުލަވާލެވިފައެވެ. މިގޮތުން، ކ.ތިލަފުށީގެ 183 މީޓަރު ދިގު 10 މީޓަރު ފުޅާ މަގެއް މިކުންފުނިން ފަރުމާކޮށްފައިވާ ޑިޒައިނަކާ އެއްގޮތަށް އަމިއްލަތަކެތީގައި ބީލަން އުސޫލުން ހެދުމުގެ މަޝްރޫޢަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމަށް ޢާންމުކޮށް ހުޅުވައި ދަޢުވަތު އެރުވީމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

ބީލަން ފޮތަށް ފައިސާ ދެއްކުން

ޓީސީއެލް ހެޑްއޮފީސް

10 ދުވަސް (ރަސްމީ)

29 ސެޕްޓެންބަރު 2014 އިން 15 އޮކްޓޫބަރު 2014

08:30 އިން 13:00

ބީލަން ފޮތް ދޫކުރުން

ޓީސީއެލް ހެޑްއޮފީސް

ބުދަ

15 އޮކްޓޫބަރު 2014

14:00 ގައި

ޕްރީ ބިޑް މީޓިންގ އަދި ސައިޓު ބެލުން

ޓީސީއެލް ހެޑްއޮފީސް

އަންގާރަ

21 އޮކްޓޫބަރު 2014

10:30 ގައި

ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑްއޮފީސް

ބުރާސްފަތި

30 އޮކްޓޫބަރު 2014

10:30 ގައި

  • ބީލަން ފޮތުގެ އަގަކީ 1,000.00 ރުފިޔާ (އެއްހާސް ރުފިޔާ) އެވެ.
  • ބިޑް ސެކިއުރިޓީގެ ގޮތުގައި 5,000.00 ރުފިޔާ (ފަސްހާސް ރުފިޔާ) ބަހައްޓަން ޖެހޭނެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ 60 ދުވަހެވެ.
  • ޕާރފޯމެންސް ސެކިއުރިޓީގެ ގޮތުގައި ޖުމްލަ އަގުގެ (ފަނަރަ އިންސައްތަ) ދައްކަންވާނެއެވެ.
  • ބިޑް ކާމިޔާބު ކުރައްވާ ފަރާތުން  ބޭންކް ގެރެންޓީއެއް ހުށަހެޅުމުން އެޑްވާންސް ފައިސާގެ ގޮތުގައި މަސައްކަތުގެ އަގުގެ (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑުނުވާގޮތަށް އެޑްވާންސް ފައިސާ ހަމަޖެހޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯޒަލެވެ.
  • ހުށަހަޅައިފައިވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލު ކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.

މިބީލަމުގައި ބައިވެރިވެވޭނީ ބީލަންފޮތް ބައްލަވައިގަންނަ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު ބީލަން ފޮތުގައި ހިމެނިފައިވާނެއެވެ. އަދި މި ކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

  05 ޛުލްޙިއްޖާ 1435

29 ސެޕްޓެންބަރު 2014
ހޯދާ