ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓްއޮފިސަރ

މަޤާމު:

ކޯޓްއޮފިސަރ

ރޭންކް:-   GS3       

އަދަދު:

1

މަސައްކަތް ކުރަންޖެހޭ ތަން:

ހދ. ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ:

-/4465 ރުފިޔާ

އެލަވަންސް:

- ސަރވިސް އެލަވަންސް -/1،500 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20

- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސުކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހިން ދަށްވެގެން "ސީ" ލިބިފައިވުން. ނުވަތަ

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޯޓަށް ހާޒިރުކުރެވޭ މީހުންނާ ކޯޓުން ކުރަންޖެހޭ މުޢާމަލާތް ކުރުން.

2- ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޯޓަށް ހާޒިރުކުރެވޭ މީހުންނަށް ޝަރީޢަތުގެ މަޖިލީހުގެ ގަވާއިދުތަކާއި ސުލޫކު ބަހައްޓަންވީގޮތް، ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވާ ފަރާތްތަކަށް ބުނެދިނުން.

3- ޝަރީޢަތުގެ މަޖިލީހުގެ އިދާރީ އިންތިޒާމު ފުރިހަމަކުރުން.

4- ޝަރީޢަތުގެ މަޖިލީހުގައި ނުވަތަ ކޯޓް ތެރޭގައި މެޖިސްޓްރޭޓަކަށް ނުވަތަ ކޯޓަށް ހާޒިރުކޮށްފައިވާ ފަރާތަކަށް ނުރައްކަލެއް ކުރިމަތިވާ ޙާލަތުގައި އެކަމުގެ ދިފާޢުގައި އިސްވެ ހަރަކާތްތެރިވުން.

5- ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ/އިދާރީ ރިޕޯޓުތައް ތައްޔާރުކުރުން.

6- ކޯޓުން ބަލަހައްޓަންޖެހޭ ޝަރުޢީ/އިދާރީ ރިކޯޑުތައް ފުރިހަމަކޮށް ބެލެހެއްޓުން.

7- ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ އަމުރުތައް ތައްޔާރުކުރުން.

8- މި ކޯޓަށާއި އެހެން ކޯޓުތަކަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ތައްޔާރުކޮށް، އެ އަމުރުތައް ޙަހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކޮށްފައިވޭތޯ ބެލުން.

9- ކޯޓުން ޝަރުޢީގޮތުން ނަގާ އެންމެހައި ބަޔާންތަކާއި، ޝަރީޢަތްތައްލިޔެ ރެކޯޑް ބެލެހެއްޓުން

10- ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް، ކޯޓުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ތަކެތި:

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް.

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)

5- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ، އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާގެ ރޭންކާއި، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަން އެނގޭފަދަ ރަސްމީ ލިޔުމެއް.

ސުންގަޑި:

2014 އޮކުޓޫބަރު 9 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.

އިތުރު މަޢުލޫމާތު

މި މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މި ކޯޓުން ލިބެންހުންނާނެވެ.

25 ސެޕްޓެންބަރު 2014
ހޯދާ