ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޓާޝަރީ ސްޓޫޑެންޓްސް ލޯނުސްކީމު ސެޕްޓެންބަރު 2014 އާބެހޭ


ޓާރޝަރީ ސްޓޫޑަންޓް ލޯނު ސްކީމް (ފުލްފަންޑިންގ) - ސެޕްޓެންބަރު 2014 ގެ އުޞޫލަށް އަންނަނިވި އިޞްލާޙުތައް ގެނެވިފައިވާކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

  1. ޓާރޝަރީ ސްޓޫޑަންޓް ލޯނު ސްކީމް (ފުލްފަންޑިންގ) - ސެޕްޓެންބަރު 2014 ގެ އުޞޫލުގެ 45 ވަނަ މާއްދާގައި ބުނެފައިވާ، ކިޔެވުމަށް އެދޭ ކޯހުގެ ޕްލޭސްމެންޓް ނުވަތަ ޕްލޭސްމެންޓް ލިބޭނެކަމުގެ ލިޔުމާއެކު ކޯހުގެ ލެވެލްއާއި ކިޔަވަން ދިއުމަށް އެދޭ މަރުކަޒާއި ކޯސް އެމް.ކިއު.އޭ. ޤަބޫލުކުރާކަމުގެ ލިޔުން ހުށަހަޅަން ނުޖެހޭގޮތަށް ހަމަޖެއްސުން. މީގެ ބަދަލުގައި މިހާރު ހުށަހަޅަންޖެހޭނީ، ކިޔެވުމަށްއެދި ލޯނުއެހީ ހޯދުމަށް ހުށަހަޅާ ކޯހަކީ މިހާރުވެސް ހިންގަމުންދާ ކޯހެއްކަން ސާބިތުކޮށްދޭނެ ލިޔެކިޔުންތަކެވެ. މިފަދަ ލިޔުންތަކުގެ ތެރޭގައި ވެބްސައިޓުތަކުން ނަގާ މަޢުލޫމާތުވެސް ޤަބޫލުކުރެވޭނެއެވެ.
  2. ޓާރޝަރީ ސްޓޫޑަންޓް ލޯނު ސްކީމް (ފުލްފަންޑިންގ) - ސެޕްޓެންބަރު 2014 ގެ އުޞޫލުގެ 7 ވަނަ މާއްދާގެ ހ ގައިވާގޮތުން އާ ތަޢުލީމީ މަރުޙަލާގެ ކިޔެވުން ފެށެންވާނީ، މި ސްކީމުގެ ފުރުޞަތުތަކަށް ހުޅުވާލުމަށް ކުރާ އިޢުލާނު ގެޒެޓުކުރާ ތާރީޚަށްވުރެ ފަހުގެ ތާރީޚެއްގައެވެ. ޓާރޝަރީ ސްޓޫޑަންޓް ލޯނު ސްކީމް (ފުލްފަންޑިންގ) - ސެޕްޓެންބަރު 2014 ގެ އުޞޫލަށް ގެނެވުނު އިޞްލާޙުގެ ސަބަބުން، އާ ތަޢުލީމީ މަރުޙަލާގެ ކިޔެވުން ފެށެންވާނީ،        1 ސެޕްޓެންބަރު 2014 އަށްވުރެ ފަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341388, 3341376 3341381, އަށް ގުޅުއްވުން އެދެމެވެ.

24 ސެޕްޓެންބަރު 2014
ހޯދާ