ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޖަނަވަރީ 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ބައެއް ކޯސްތަކުގެ މަޢުލޫމާތު

ތިރީގައި މިވަނީ، މި ޔުނިވަރސިޓީގައި ޖަނަވަރީ 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފަށްޓާނީ  08 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

1-   ކޯހުގެ ނަން: މާސްޓަރ އޮފް އެޑިޔުކޭޝަން (އެޑިޔުކޭޝަނަލް މެނޭޖްމެންޓް އެންޑް ލީޑަރޝިޕް)

މުއްދަތު: 2 އަހަރު (4 ސެމެސްޓަރ)

ޖާގަ: 30

ކޯސްހިންގާ ކެމްޕަސް: ކ. މާލެ

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

   ހ. އެޑިޔުކޭޝަނާ ގުޅުންހުރި ދާއިރާއަކުން 03 އަހަރު ދުވަހުގެ ބެޗްލަރ ޑިގްރީއެއް (އެމް.ކިޔު.އޭ ލެވެލް 7) ހާސިލުކޮށްފައިވުން. ނުވަތަ

   ށ. އެޑިޔުކޭޝަން ނޫން ދާއިރާއަކުން 03 އަހަރު ދުވަހުގެ ބެޗްލަރ ޑިގްރީއެއް (އެމް.ކިޔު.އޭ ލެވެލް 7) ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ދާއިރާއިން ޑިޕްލޮމާއެއް (އެމް.ކިޔު.އޭ ލެވެލް 5) ހާސިލުކޮށްފައިވުން.

ނ. ޑިޕްލޮމާއިން ޓީޗިންގ ފުރިހަމަކޮށްފައި ވުމާއި، 8 އަހަރު ދުވަހުގެ ތަޖުރިބާ އެޑިޔުކޭޝަނުގެ ދާއިރާއިން ހޯދާފައިވުމާއި، އުމުރުން 25 އަހަރު ފުރިހަމަވެފައިވުން. ނުވަތަ

އިނގިރޭސި ފެންވަރު:

ޑިޕްލޮމާ/ބެޗްލަރ ޑިގްރީ އިނގިރޭސި މީޑިއަމުން ކިޔަވާފައި ނުވާނަމަ، ސީ.އޭ.އީ އިން ދަށްވެގެން "ސީ" ގްރޭޑް ހޯދާފައިވުން ނުވަތަ IELTS ގެ އެކަޑަމިކް މޮޑިޔުލްއިން 6.0 ލިބިފައިވުން.

2- ކޯހުގެ ނަން: މާސްޓަރ އޮފް އެޑިޔުކޭޝަން

28 ޛުލްޤަޢިދާ 1435

23 ސެޕްޓެންބަރު 2014
ހޯދާ