މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ކްލަބް ޖަމްޢިއްޔާތަކަށް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމާބެހޭ

މި މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ކްލަބް ޖަމްޢިއްޔާތަކަށް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމުގެ މަސައްކަތްތައް މި މިނިސްޓްރީން ދަނީ ކުރަމުންނެވެ. މި ގޮތުން ކްލަބް ޖަމްޢިއްޔާތަކުން ތަމްރީނު ބޭނުންވާ ދާއިރާތައް ދެނެގަތުމަށް މި މިނިސްޓްރީން ބޭނުންވެއެވެ.

ވީމާ، 09 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ޖަމްޢިއްޔާއަކަށް ތަމްރީނު ބޭނުންވާ 3 ދާއިރާއެއް އިސްކަންދޭ ތަރުތީބު އެނގޭނެ ގޮތަށް މި މިނިސްޓްރީއަށް އަންގަވައިދެއްވުން އެދި ދެންނެވީމެވެ.

19  ޛުލްޤަޢިދާ  1435

14 ސެޕްޓެންބަރު 2014
ހޯދާ