ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
41 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތާއި 7 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚާބެހޭ

41 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތާއި 07 ވަނަ އަތޮޅުލީގު ބެޑްމިންޓަން މުބާރާތް ނޮވެންބަރު މަހުގެ 21 ން 29 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިކަން މި ދެމުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވެލައްވާ އެންމެހައި ކުޅުންތެރިންނާއި ކްލަބް/ޖަމްޢިއްޔާ އަދި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި މުބާރާތާބެހޭ އިތުރު މަޢުލޫމާތު ކުރިއަށްއޮތް ހަފްތާގައި ޝާއިޢު ކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ. މުބާރާތުގެ ޓީމު ލިސްޓުތައް ހުށަހަޅަންޖެހޭނީ ހުރިހާ މަޢުލޫމާތު ފުރިހަމަ ކުރުމަށްފަހު، ބޭނުންވާ ލިޔެކިޔުންތަކާއެކު ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފީހަށެވެ.

18 ސެޕްޓެންބަރު 2014
ހޯދާ