ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ޑައިރެކްޓަރ - އިންވެސްޓިގޭޝަންސް

މަޤާމުގެ ނަން:

ޑައިރެކްޓަރ - އިންވެސްޓިގޭޝަންސް

ބޭނުންވާ ޢަދަދު

1

ކްލެސިފިކޭޝަން:

ޑިރެކްޓަރ، ގްރޭޑް D1

އަސާސީ މުސާރަ:

-/9,450 ރ

ނޮން-ޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިިގެ %35

ޑެއިލީ ސަރވިސް އެލަވަންސް:

ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/300 ރ.        

ފޯން އެލަވަންސް:

ބަޖެޓް ސަރކިއުލަރ ނަންބަރު 13-E2/CIR/2011/25 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން

މަޤާމުގެ މަސްއޫލިއްޔަތު:

ކޮމިޝަންގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓް ހިންގައި ބެލެހެއްޓުން

މައިގަނޑު މަސަައްކަތްތައް:

  1. އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން.
  2. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.
  3. އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  4. ކޮމިިޝަނުގެ އަހަރީ ރިޕޯޓު ތައްޔާރު ކުރުމުގައި އެހީތެރިވުންް.
  5. މީޑިއާ މެދުވެރިކޮށް ހާމަކުރަންޖެހޭ ޚަބަރާއި މަޢުލޫމާތު، މެންބަރުންގެ މަޝްވަރާއާއެކު ހާމަކުރުން.
  6. މީޑިއާގައި ނުވަތަ އެހެންވެސް ގޮތަކުން ކޮމިޝަންއާ ގުޅޭގޮތުން ޢާންމުކުރެވޭ އެންމެހައި މަޢުލޫމާތު ފައިލްކޮށް ރިކޯޑު ބެލެހެއްޓުން.
  7. ލީފްލެޓް އަދި ތަފާތު މަޢުލޫމާތު ކަރުދާސްތައް ކޮމިޝަން މެންބަރުންގެ ލަފާގެ މަތިން ތައްޔާރުކުރުމާއި އަދި ކޮމިޝަންގެ ވެބްސައިޓަށް ބޭނުންވާ ޚަބަރާއި މަޢުލޫމާތު ތައްޔާރު ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  • ޤާނޫނީ ދާއިރާއިން ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން؛ އަދި
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައިި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  • ޤާނޫނީ ދާއިރާއިން ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ 7 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން؛ އަދި
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައިި މަދުވެގެން 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުންް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓު (އެޓެސްޓް ކޮށްފައިވާ).
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ރެފަރަންސް/ ރެކަަމަންޑޭޝަން ލެޓަރ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައި)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ލިޔުންތައް ހުށަހެޅުމުގެ ސުންގަޑި:

  • 02 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ ­އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްރަކްޗަރ ކޮށި (ނަމޫނާ ހައުސިންގ ޔުނިޓް)

އަމީނީމަގު, މާފަންނު، މާލެ 20392، ދިވެހިރާއްޖެ

 

އިންޓަވިއު ކުރުން

  • މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި އިންޓަވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރު ކުރިން އެންގޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މި މަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

 

  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި ކޮމިޝަންގެ ނަންބަރު 3010784 އަށް ގުޅުއްވުން އެދެެމެވެ.
25 ސެޕްޓެންބަރު 2014
ހޯދާ