ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީ (އައި.ސީ.ޓީ) އިންކިއުބޭޓަރ ޕްރޮގްރާމް – ޏ.ފުވައްމުލައް

އައި.ސީ.ޓީ ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ތަނަވަސްކޮށްދިނުމަށާއި މި ދާއިރާއިން އިތުރު ޕްރޮޑަކްޓްސްތަކާއި ކުންފުނިތައް އުފެއްދުމަށްޓަކައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީން ވަނީ ޏ.ފުވައްމުލަކުގައި އައި.ޓީ އިންކިއުބޭޓަރ / ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމު ކޮށްފައެވެ.

އައި.ޓީ އިންކިއުބޭޓަރ / ޑިވެލޮޕްމަންޓް ސެންޓަރު ޤާއިމު ކުރުމުގެ މައިގަނޑު މަޤްޞަދަކީ އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާގެ ތެރެއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށާއި ސްކޫލް، ޔުނިވަރސިޓީ ނިންމާ ދަރިވަރުންނަށާއި އަދި އައި.ޓީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މި ދާއިރާއިން ކުރިޔަށް ދިއުމަށް ފުރުޞަތު ހުޅުވާލައި، އިންފޮމޭޝަން ޓެކްނޯލޮޖީ ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކުގެ ފަންނު ތަރައްޤީ ކުރުމަށާއި، ވަޒީފާގެ ފުރުޞަތު އިތުރު ކުރުމަށާއި، ދިވެހިވަންތަ ޕްރޮޑަކްޓްސްތައް ތައްޔާރުކޮށް ދުނިޔޭގެ މާކެޓަށް ތަކެތި ނެރުމަށް ރާއްޖޭގެ ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމެވެ. މިގޮތުން، މި އިންކިއުބޭޓަރުން މިފަދަ ފަރާތްތަކަށް މަސައްކަތް ކުރުމަށް ބޭނުންވާ ކޮމްޕިއުޓަރ، އިންޓަރނެޓް، އޮފީސް ސްޕޭސް، މީޓިންގ ފެސިލިޓީ އަދި ފަންނީ އެހީ ފޯރުކޮށްދެވޭނެއެވެ.

އެހެންކަމުން، މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް އައި.ޓީ އިންކިއުބޭޓަރ / ޑިވެލޮޕްމަންޓް ސެންޓަރު ޕްރޮގްރާމުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި ޕްރޮގްރާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ޏ. ފުވައްމުލައް އައި.ޓީ އިންކިއުބޭޓަރ / ޑިވެލޮޕްމަންޓް ސެންޓަރަށް ނުވަތަ މިއޮފީހުގެ އީމެއިލަށް ([email protected]) ފޮނުއްވުން އެދެމެވެ.

ނޯޓް: އެޕްލިކޭޝަން ފޯމު، ޕްރޮގްރާމާ ބެހޭ މަޢުލޫމާތު އަދި އިވެލުއޭޝަން ކްރައިޓީރިއާ މިއޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު:4000 334 (960) ، ފެކްސް ނަންބަރު: 4004 334 (960)

އީމެއިލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

23 ޛުލްޤަޢިދާ 1435

18 ސެޕްޓެންބަރު 2014
ހޯދާ