ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްކޮލަރޝިޕް ފުރުޞަތު

SLIIT ސްކޮލަރޝިޕްސް ފޮރ ސްޓޫޑެންޓްސް އިން ދަ ސާކް ރީޖަން ނޮވެންބަރު 2014 އިންޓޭކް

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އޮފް ސްރީލަންކާއާ އެފީލިއޭޓް ވެފައިވާ ސްރީލަންކާ އިންސްޓިޓިއުޓް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ (SLIIT) އިން ވަނީ ރާއްޖެއަށް 1 މެރިޓް ބޭސް އަންޑަރ ގްރެޖްއޭޓް ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލާފައެވެ. އަދި މި ސްކޮލަރޝިޕްތަކުގެ ދަށުން އެ ފަރާތުން ދެއްވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޓިއުޝަން ފީއެވެ. އަދި އެހެނިހެން ޚަރަދުތައް ކުރަންޖެހޭނީ ދަރިވަރު އަމިއްލައަށެވެ.

ޤައުމު: ސްރީލަންކާ

މި ޑިޕާޓްމަންޓުގެ ވެބްސައިޓުގައި މިކޯހަށް ހުށަހެޅޭނެ ދާއިރާތައް އަޕްލޯޑު ކުރެވިފައިވާނެއެވެ.        

ކޯހުގެ ދާއިރާ:

އިންސްޓިޓިއުޓް: ސްރީލަންކާ އިންސްޓިޓިއުޓް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ (SLIIT)

ބެޗްލަރސް ޑިގްރީ

ލެވެލް:

 • ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން، އަދި
 • ޖީ.ސީ.އީ އޭލެވެލް 03 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން (މި ތިން މާއްދާ ވާންޖެހޭނީ ހަދަން ބޭނުންވާ ކޯހުގެ ސްކީމުގައި ހިމެނޭ މާއްދާތަކެއް ކަމުގައެވެ.) އަދި
 • ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ 5 ފާހުގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އެއާ އެއް ފެންވަރެއްގެ އިމްތިޙާނަކުން އިނގިރޭސިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ނުވަތަ ސީ.އޭ.އީ/ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ނުވަތަ TOEFL އިން 550 އިން ފެށިގެން މަތި ލިބިފައިވުން ނުވަތަ IELTS އިން 6.0 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން.

ޝަރުޠު:

 • މި ކޯހަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 3 ކެންޑިޑޭޓުންގެ އެޕްލިކޭޝަން ސްރީލަންކާއަށް ފޮނުވޭނެއެވެ. އަދި ސްކޮލަރޝިޕް ލިބޭ ކެންޑިޑޭޓު ހޮވާނީ އެ ފަރާތުންނެވެ.
 • ސެލެކްޝަން ހަދާނީ މެރިޓް ބޭސިސް އުސޫލުންނެވެ.
 • މި އިންސްޓިޓިއުޓުގައި ހިންގާ ފޮރިން ޑިގްރީ ޕްރޮގުރާމެއްގައި ބައިވެރިވާން އެދޭނަމަ އެ ފޮރިން އިންސްޓިޓިއުޓަކުން ކަނޑައަޅާ އިތުރު ފީތައް ދަރިވަރު ދައްކަންޖެހޭނެއެވެ.
 • މި ސްކޮލަރޝިޕްގެ ދަށުން ހެދޭ ކޯސްތަކުގެ ޝަރުޠުތަކާއި ކޯހާގުޅޭ އިތުރު މަޢުލޫމާތު www.dhe.gov.mv  އިން ލިބިވަޑައިގަންނަވާނެއެވެ.
 • މި ކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާ އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަ ކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
 • މި ސްކޮލަރޝިޕްގެ ދަށުން މަތީ ތަޢުލީމު ހާސިލު ކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު، ސަރުކާރުން ކަނޑައަޅާ އޮފީހެއްގައި ނުވަތަ މުއައްސަސާއެއްގައި ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

 • ކޯހަށް އެދި ފުރިހަމަ ކޮށްފައިވާ ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
 • ކޯހަށް އެދި ހުށަހަޅާ ތަޢުލީމީ (ޑިޕްލޮމާ) ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކަކަށް ވާންޖެހޭނެއެވެ.
 • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، މި ޑިޕާޓްމަންޓުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު (އެޓެސްޓެޑް އޮރިޖިނަލްސް). އެޓެސްޓު ކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓު ކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭން ކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.

އެޓެސްޓު ކޮށްފައިވާ ލިޔުމުގައި އެޓެސްޓު ކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު މި ޑިޕާޓްމަންޓަށް ލިބިގެންވެއެވެ.

 • ކޯހަށް އެދޭ ފަރާތުގެ ވަނަވަރު
 • ޕާސްޕޯޓުގެ ކޮޕީ
 • އުފަންދުވަހުގެ ސެޓުފިކެޓުގެ ކޮޕީ (އިނގިރޭސި)

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 25 ސެޕްޓެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ.

ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހުގެ 15:00 އަށް ވެލާނާގޭގެ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރުންނާއި، މި ޑިޕާޓްމަންޓުގެ ވެބްސައިޓުން (http://www.dhe.gov.mv) ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341378 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

21 ސެޕްޓެންބަރު 2014
ހޯދާ