ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރ

ހއ މޮޅަދޫ ޞިއްޙީމަރުކަޒަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމު

ބޭނުންވާ އަދަދު

އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރ

01

  • މަޤާމުގެ ނަން: އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް 4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

މަޤާމު އޮތް ތަން

ހއ. އަތޮޅުހޮސްޕިޓަލް / ހއ ދިއްދޫ

ޢާންމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ހއ. މޮޅަދޫ ޞިއްޙީމަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. މިނިސްޓްރީ އޮފް ހެލްތުންނާއި، ހޮސްޕިޓަލުން ކަނޑައަޅާފައިވާ، ސާކިއުލަރ، ދެންނެވުން އަދި ސިޓީ މެސެޖު ފަދަ ތަކެއްޗާ އެއްގޮތަށް މަރުކަޒުގެ މަސައްކަތްތައް ރާވައި ކުރިއަށް ގެންދިއުން ނުވަތަ އެކަންތައް ހިނގާނުހިނގާގޮތް ބަލައި ފިޔަވަޅުއެޅުން. އަދި ކުރެވޭ ކަންތައްތައް ޤާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތަށްކުރުން.

2. މަރުކަޒުގެ އިދާރީ އަދި ބަޖެޓުގެ އެންމެހާ މަސައްކަތްތައް އިސްމީހެއްގެ ގޮތުން ޒިންމާދާރު ކަމާއެކު ކަމާބެހޭ މުވައްޒަފުން ލައްވައި ކުރުވުމާއި، ސޮއިކުރަންޖެހޭ ލިޔުންތަކުގައި ސޮއިކޮށް ދުވަހުން ދުވަހަށް މަސައްކަތް ކުރުވުމަށް ކަމާބެހޭ މުވައްޒަފުންނަށް އަންގައި، އެގޮތަށް އެ މަސައްކަތްތައް ކުރޭތޯ ބަލައި ޗެކުކުރުން.

3. މަރުކަޒުގެ ހުރިހާ އޭރިޔާއެއްގެ ( ކުލިނިކަލް، އިދާރީ، ބަޖެޓް، ހެލްތު ޕްރޮމޯޝަން ) މަސައްކަތްތައް ބެލުމާއި، ކަމާބެހޭ މުވައްޒަފުން މަސައްކަތް ކުރޭތޯ ބަލައި ޗެކުކުރުން.

4. މަރުކަޒުން ޖަވާބުދާރީވާންޖެހޭ ހުރިހާ މަރުޙަލާއެއްގައި ޖަވާބުދާރީވުން، އަދި ކަމާގުޅޭ މުވައްޒަފުން ޖަވާބުދާރީ ކުރުވުން.

5. ޗުއްޓީއާއި، ސަލާމްބުނުން އަދި ރަށުން ބޭރަށް ދިއުންފަދަ މުވައްޒަފުގެ ޚިދުމަތް އެތަނަކަށް އެ ވަގުތަކު ނުލިބޭފަދަ ހާލަތަކަށް މުވައްޒަފު ދާންޖެހިޖެނަމަ އެމީހަކު ރިޕޯޓުކުރަންޖެހޭ ފަރާތަށް ރިޕޯޓުކޮށް ހުއްދަ ހޯއްދައިގެން ދިއުން.

6. މިނިސްޓްރީ އޮފް ހެލްތުންނާއި، ހޮސްޕިޓަލުން ކަނޑައަޅާފައިވާ ޕްލޭންތަކާއި، ސާކިއުލަރ، ދެންނެވުން އަދި ސިޓީ މެސެޖުފަދަ ތަކެއްޗާ އެއްގޮތަށް ޔުނިޓުގެ މަސައްކަތްތައް ރާވައި ކުރިއަށް ގެންދިއުން ނުވަތަ އެކަންތައް ހިނގާނުހިނގާގޮތް ބަލައި ފިޔަވަޅު އެޅުން.

7. ޞިއްޙީ ގޮތުން ޢާންމުން ހޭލުންތެރި ކުރުމަށް ހިންގޭ ޕްރޮގުރާމުތަކާއި ކުލިނިކްތައް ހިންގުމުގައި އިސްވެ ހަރަކާތްތެރިވުމާއި އެހެން މީހުން ލައްވައި މަސައްކަތްތައް ކުރުން.

8. ތައްޔާރު ކުރަންޖެހޭ ރިޕޯޓުތައް ހެދުމާއި، ފޮނުވަންޖެހޭ ރިޕޯޓުތައް ފޮނުވަންޖެހޭ ތާރީޚުތަކަށް ފޮނުވުން ނުވަތަ ހަވާލުކޮށްފައިވާ މުވައްޒަފު ފޮނުވިތޯ ޗެކުކޮށް ބެލުން.

9. ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކާއި ރިޕޯޓުތައް ފުރިހަމަކުރުން ނުވަތަ ހަވާލުކޮށްފައިވާ މުވައްޒަފުން އެ މަސައްކަތް ކޮށްފައިވޭތޯ ބަލައި ޗެކުކުރުން.

މަޤާމުގެ ޝަރުޠު

ޕްރައިމަރީ ހެލްތު ކެއަރ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސްގައި ރަޖިސްޓަރީ ކޮށްފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން.

އިނާޔަތްތައް

1. އިތުރުގަޑީގައާއި ބަންދު ދުވަހު މަސައްކަތް ކުރައްވާނަމަ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ އިނާޔަތު ފައިސާ އާއި ރިސްކް އެލަވަންސް ލިބިލައްވާނެއެވެ.       

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، ( މި ފޯމު ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ހޮސްޕިޓަލްގެ ރިސެޕްޝަން ކައުންޓަރުން ވެސް ލިބެން ހުންނާނެއެވެ. )

2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. ( އެކްރެޑިޓް ކުރަންޖެހޭ ލިޔުންތައް އެކްރެޑިޓް ކޮށްފައިވުން )

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީ.

4. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގުރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް. 

5. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި އަދި އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ ޢަމަލު ކުރަންވީގޮތް

މި މަޤާމަށް ކުރިމަތި ލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި އެ ފޯމާގުޅޭ ލިޔުންތައް ހއ. އަތޮޅު ހޮސްޕިޓަލުގެ އޮފީހަށް ނުވަތަ މޮޅަދޫ ޞިއްޙީމަރުކަޒަށް ހުށަހަޅުއްވަން ވާނެއެވެ. އަދި މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި ހޮސްޕިޓަލްގެ ނަންބަރު 6500053، 6500557 އާ ގުޅުއްވުން އެދެމެވެ.

އިންޓަވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

22 ޛުލްޤަޢިދާ 1435 

16 ސެޕްޓެންބަރު 2014
ހޯދާ